އިންޑޮނޭޝިއާގެ ދިހަ މީހުންގެ އާއިލާއެއް އާދަޔާ ހިލާފަށް ނަސީބުގަދަކޮށް ކަނޑަށް ވެއްޓުނު އެއަރއޭޝިއާގެ ފްލައިޓުން ސަލާމަތްވެއްޖެއެވެ.
ސިންގަޕޫރަށް އެއަރ އޭޝިއާގެ ވެއްޓުނު ފްލައިޓުގައި ދަތުރު ކުރުމަށް ހަމަޖެހިފައިވާ ދިހަ މީހުންގެ އާއިލާ މި ހިތާމަވެރި ހާދިސާއިން ސަލާމަތްވެފައިވަނީ އެއަރޕޯޓަށް ގަޑި ޖެހިގެން ދިއުމުން ފްލައިޓް ކެޓުމުންނެވެ. އުމުރުން 36 އަހަރުގެ ކްރިސްޓިއަނަވަޓީއާއި އޭނާ މަންމައާއެކު އާއިލާގެ ދިހަ މީހުން ސިންގަޕޫރަށް ދިއުމަށް ހަމަޖެހިފައިވަނީ އާއަހަރު ފާހަގަކުރަން ކަމުގައި އެފަރާތުން ހާމަކުރިއެވެ.
އެއަރ އޭޝިއާއިން ފްލައިޓްގެ ޗެކިން ގަޑި ދެގަޑިއިރަށް އަވަސްކޮށް ކްރިސްޓިއަނަވަޓީގެ އާއިލާއަށް މެއިލްކޮށް ގުޅިނަމަވެސް ކްރިސްޓިއަނަވަޓީއަށް އެއްވެސް ކޯލަކަށް އަދި މެއިލަކަށް ރެސްޕޮންޑް ނުކުރެވޭކަމަށް އޭނާ ހާމަކުރިއެވެ.
އަދި ދެގަޑިއުރި ފަހުން އެއަރޕޯޓަށް ދިޔައިރު ފްލައިޓް ފުރައިފި ކަމަށާއި އެކަމާ ރުޅިގަދަވި ކަންވެސް އާއިލާއިންވަނީ ހާމަކޮށްފައެވެ.
”އެއަރ އޭޝިއާއިން ޖެހިގެން އިން ފްލައިޓަށް ޓިކެޓްތަށް ރީ ޝެޑިއުލް ކޮށްދިން. ނަމަވެސް އެއަރ އޭޝިއާގެ ކިއުޒެޑް 8501 ގެއްލުމާއެކު ހުރިހާ ޓިކެޓެއް ކެންސަލް ކޮށްލީ.“ ކްރިސްޓިއަނަވަޓީ ބުންޏެވެ.
“ ފްލައިޓް ގެއްލުނު ވާހަކަ އަޑުއިވުމާއެކު ހައިރާންވި. އަދި އަހަނަށް ވަގުތުން ރޮވުނު. ހިތަށް އެރި ހެއްދިވި ފަރާތުގެ ކުޅަދުންވަންތަކުމުންނޭ އަހަރެމެން އާއިލާ ފްލައިޓް ވެއްޓުމުގެ ހާދިސާއިން ސަލާމަތްވީ“ ކްރިސްޓިއަނަވަޓީ އިތުރަށް ހާމަކުރިއެވެ.
ކްރިސްޓިއަނަވަޓީގެ އާއިލާއަކީ ކޮންމެ އަހަރަކު އެއަރ އޭޝިއާގައި ދެ ދަތުރުކުރާ އާއިލާއެކެވެ. ނަމަވެސް ހާދިސާއަށްފަހު އެއާރ އޭޝިއާއަށް އިތުބާރު ގެއްލިފައިވާކަމަށްވެސް ކްރިސްޓިއަނަވަޓީވަނީ ބުނެފައެވެ. ދަތުރު ކުރަމުންދާ އެއަރލައިންސް ބަދަލުކުރާނެ ކަމަށްވެސް އޭނާ ހާމަކުރިއެވެ.
2 Responses
konme airline akun dhathuru kurias allah iraadhakurahvaifi kameh vaane….
thia nukiyaaane adhaya hilaafa salaamai vumey thia kiyane luck