ދުނިޔޭގެ އެއްމެ ފުރަތަމަ އަދި އެއްމެ މަޝްހޫރު ސްކޫޓަރ ބްރޭންޑް ”ވެސްޕާ“ މިހާރު ރާއްޖޭގައި

”ތީތި ވައްތަރީ ކުޅަނދުރަކާ!“ ނުވަތަ އިޓަލީ ބަހުން ނަމަ، ”ވެސްޕާ“ އަކާ. މިއީ ދުނިޔޭގެ އެއްމެ ފުރަތަމަ އަދި މިހާރުވސް އެއްމެ މަޝްހޫރު ސްކޫޓަރު ކަމުގައިވާ ވެސްޕާ ފެނުމުން، ވެސްޕާ އުފައްދާ ޕިއަޖިއޯ ކުންފުނީގެ ބާނީގެ ފުރަތަމަ ބަހެވެ. އަދި ހަމަ އެހެންމެ އިޓަލީގެ މި މޮޅު އުފެއްދުމަށް އޭގެ ނަން ލިބުނު ގޮތްވެސް މެ އެވެ.

އަހަރަކީ 1946 ވަނަ އަހަރެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު މުޅި ދުނިޔެވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. އިޓަލީ ވާނީ މިކަން އެއްމެ ބޮޑަށް އިހުސާސް ކުރަން ޖެހުނު އެއް ގައުމަށެވެ. މަގުތަކާއި، އިމާރާތްތަކާއި، ކާރުހާނާތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެ، އަލުން ހަދަން ޖެހިފަ އެވެ. ކަން މިހެން އޮތުމާއިއެކު، ކުރިން މަތިންދާ ބޯޓު އުފައްދަމުން އައި ޕިއާޖިއޯ ކުންފުންޏަށް ބަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރު ވި އެވެ. އެގޮތުން، މަތިންދާ ބޯޓު އުފެއްދުން ހުއްޓާލުމަށްފަހު އާއްމު ރައްޔިތުމީހާއަށް ބޭނުން ހިފޭނެ އުފެއްދުމެއް ތައްޔާރު ކުރުމުގެ މުހިންމުކަން ދެނެގަނެ، ހަލާކުވެފައިވާ މަގުތަކުގައި އެއްތަނުން އަނެއްތަނަށް ދެވޭނެ، އަގުހެޔޮ އުލަނދެއް ތައްޔާރުކުރުމަށް އެ ކުންފުނިން ނިންމި އެވެ. މިއީ ވެސްޕާ ވުޖޫދަށް އަންނަން ދިމާވި ގޮތެވެ.

5_574070968075419722

”މި އުފެއްދުން ފަރުމާ ކުރުމަށް ހަވާލު ކުރެވުނީ ޑިއަސްކާނިއޯ ނަމަކަށް ކިޔާ މަތިންދާ ބޯޓު ފަރުމާ ކުރުމުގެ މާހިރަކާ، އެހެން ނަމަވެސް، ސައިކަލު ވެގެންދިޔައީ ކަންދިމާކުރިގޮތުން ޑިއަސްކާނިއޯ ވަރަށް ނަފުރަތު ކުރާ އެއްޗަކަށް، އިންޖީނު ހާމައަށް އިނުމުގެ ސަބަބުން އަޑު ގަދަވޭ، ޗޭނު ބޭރަށް އިނުމުން ގައިގައި ތެޔޮ އުނގުޅި ލައިގެން ހުންނަ ހެދުން ހަޑިވޭ، އަދި ދުއްވާފައިދާއިރު މީހާ ހިރަފުސްވޭ“ ވެސްޕާގެ ތާރީހު ދުވަހަށް ހިއްސާ ކުރަމުން ވެސްޕާގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ޒުމް މޮޓަރޒް އިން މައުލޫމާތު ދެ އެވެ.

5_574070968075419711

އެހެންކަމުން އޭނާ ނިންމީ ސައިކަލެއްގައި ހުންނަ ނޭދެވޭ ކަންތައް ބަދަލުކޮށް މުޅިން އާގޮތަކަށް ދެފުރޮޅުލީ އުޅަނދެއް އުފައްދާށެވެ. އެގޮތުން، މައުގަނޑު އެތެރެއަށް އިންޖީނުލާ، ޗޭނުގެ ބަދަލުގައި ބެލްޓެއް ބޭނުންކޮށް ދުއްވާފައިދާއިރު ހިރަފުހާއި ޗަކަ ނުބުރާނޭގޮތަށް އެ އުޅަނދުގެ ކުރިމަތި ބަދަލު ކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔެއަށް ސުކޫޓަރު އުފަންވި އެވެ. ފިރިހެނުން ކޯޓު ފަޓުލޫނުގައި އަދި އަންހެނުން ސްކަރޓް ލައިގެންވެސް ދުއްވާލަން މި އީޖާދަކީ ހަމަ އެއްމެ ރަނގަޅު އީޖާދެކެވެ. އަދި ހަލާކުވެ ވަޅުހެދިފައިވާ މަގުތަކުގައި ދެއްވާލަންވެސް ފަސޭހަ އީޖާދެކެވެ. މީގެ އެއް ސަބަބަކީ، މަތިންދާ ބޯޓުގައި ބޭނުންކުރެވޭ ބައެއް ޓެކްނޮލޮޖީ ވެސްޕާގައި ހިމެނިފައި ވުމެވެ. މިސާލަކަށް ވެސްޕާގެ ޝޮކްތައްވެސް އަދި އިންޖީނުގެ ބައިބައިވެސް އެއީ ސީދާ މަތިންދާ ބޯޓުގައި ބޭނުން ކުރެވުނު ބައިތަކެވެ.

_p_00021-pano

އިސާހިތަކު ވެސްޕާގެ މަޝްހޫރުކަން އިތުރުވެ، އިޓަލީއިން ބޭރަށްވެސް ވެސްޕާ ނިކުންނަށް ފެށި އެވެ. އިނގިރޭސިވިލާތުގައި އަދި ޔޫރަޕުގެ އެހެން ގައުމުތަކުގައިވެސް ވެސްޕާ ގިނަވެ، އެންމެ ފަހުން ހޮލީވުޑް ފިލްމެއްގައި ރޯލެއް ކުޅުމުގެ ފުރުސަތުވެސް ވެސްޕާއަށް ލިބުނެވެ. އެއީ 1954 ވަނަ އަހަރު، މަޝްހޫރު ފިލްމީތަރި އޯޑްރީ ހެޕްބަރންގެ ފިލްމެއްކަމުގައިވާ ރޯމަން ހޮލިޑޭގައި އެވެ. މި ފިލްމުގެ ސަބަބުން ވެސްޕާގެ މަޝްހޫރުކަން އެމެރިކާގައިވެސް ބޮޑުވެ، އިތުރު ފިލްމުތަކުގައި އާއި ސީރީޒް ތަކުގައި އަދި މިއުޒިކް ވީޑީއޯތަކުގައިވެސް ވެސްޕާ ބޭނުންކުރަން ފެށުނެވެ.

5_574070968075419710

މީގެ ނަތީޖާއަކަށްވީ މަޝްހޫރު އަދި މުއްސަނދި މީހުންގެ ތެރޭގައިވެސް ވެސްޕާގެ މަގުބޫލުކަން އިންތިހާއަށް އިތުރުވުމެވެ. ފިލްމީ ތަރިންނާއި، ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ލަވަކިޔުންތެރިންވެސް ވެސްޕާ ބޭނުން ކުރަން ފެށިއެވެ. މަޝްހޫރު ފޯމިއުލާ 1 ގެ ރޭސަރ މައިކަލް ޝޫމޭކަރގެ ވާހަކައަކީ މީގެތެރެއިންވެސް ފާހަގަކޮށްލެވޭ ވާހަކައެކެވެ. ޝޫމޭކަރ ކިތައްމ ވަރަކަށް ވެސްޕާއެއް ބޭނުންވިނަމަވެސް، އެދުވަސްވަރު ފެރާރީއާއި އެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ ސަބަބުން އެހެން އެއްވެސް ބްރޭންޑެއްގެ އުޅަނދެއް އޭނާއަކަށް ނުދުއްވުނެވެ. އެހެންނަމަވެސް ޝޫމޭކަރ ވެސްޕާއެއް ބޭނުންވެފައިވާލެއް ބޮޑުކަމުން އޭނާ ފެރާރީ އަދި ވެސްޕާ އުފައްދާ ފަރާތްތަކާ ވާހަކަ ދައްކާ، ފެރާރީގެ ލޯގޯ ޖަހާ، ފެރާރީގެ މަޝްހޫރު ރަތްކުލައިން ވެސްޕާއެއް ޝޫމޭކަރ އަށް ހާއްސަކޮށް ފަރުމާކޮށް އުފެއްދި އެވެ. އަދިމި ވެސްޕާގައި އޭނާގެ ނަން ”މައިކަލް“ ވެސް ޖަހާފައި އިނެވެ.

_p_00042

ވެސްޕާގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ޒުމް މޮޓަރސް އިން ވެސްޕާގެ ބައެއް ހާއްސަ ކަންކަން ފާހަގަކުރެ އެވެ. އެގޮތުން އެހެން ސްކޫޓަރު ބްރޭންޑްތަކާ ހިލާފަށް ފުލް ސްޓީލް ބޮޑީ ޗެސިސް އެއް އިނުމުން ސައިކަލުގެ ޑިއުރެބިލިޓީ ރަނގަޅުވާނެ ކަމާއި 3 ވޭލް 4 ސްޓްރޯކް އިންޖީނެއް އެކުލެވޭ ހަމައެކަނި ސްކޫޓަރު ބްރޭންޑް ކަމަށްވުމުން ފިއުލް އެފިސިއެންސީ ރަނގަޅުވާނެކަން ޒުމް މޮޓޯސް އިން ފާހަގަކުރެ އެވެ.

ވެސްޕާގެ މަޝްހޫރުކަން އިތުރުވެ، ވެސްޕާ އެއްމެ ފަހުން ވެގެންދިޔައީ ހަމައެކަނި އެއްތަނުން އަނެއްތަނަށް ދަތުރު ކުރެވޭ އުޅަނދެއްގެ ބަދަލުގައި، ފެޝަން އާއި، ފިލްމާއި، ލައިފްސްޓައިލް އާއި ގުޅިފައިވާ އެއްޗަކަށެވެ.

5_574070968075419760
ވެސްޕާގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ޒުމް މޮޓަރޒް

ވެސްޕާގެ ކުރީ ޝޮކަކީ އެއަރކްރާފްޓްގެ ޝޮކުން އިންސްޕަޔާވެ އުފައްދާފައިވާ ޝޮކެއް ކަމުން އޭގައި އެކުލެވޭ އެންޓި ނޯސްޑައިވް ކިޔާ ފަންކްޝަނެއްގެ ސަބަބުން ކުރީ ބުރެކި ޖައްސާއިރު ސައިކަލު ފްލިޕްވުމުގެ ފުރުސަތު ކުޑަވެގެންދާކަމާއި ސައިކަލުގައި ބޭނުންކުރާ ޓަޔަރަކީ އޯލްޓަރިން ޓަޔަރެއްކަމުން މަގުމަތި ތެތްކޮށް ހުއްޓަސް އަދި މަގުގައި ވެލި ހުއްޓަސް ވެސްޕާއަކީ ދުއްވާލަން އެންމެ އެކަށޭނެ ސައިކަލުކަންވެސް ޒުމް މޮޓަރސް އިން ފާހަގަ ކުރެ އެވެ.

ވެސްޕާއަކީ ދިވެހި ރާއްޖޭގައިވެސް މުޅިން އާ އެއްޗެއް ނޫނެވެ. 1960ގައި ނަގާފައިވާ ފޮޓޯތަކަކުން މާލޭގައި، ސިފައިންގެ މީހުން ވެސްޕާ ބޭނުންކުރިކަން ފެންނާން އެބަ ހުއްޓެވެ. އަދި މި ނޫނަސްމާލޭގެ މަގުތަކުން ވެސްޕާ ކޮންމެވެސް ވަރަކަށް މި ފަހުންވެސް ފެނެ އެވެ.

މައިގަނޑު ދެތިން ބްރޭންޑެއްގެ ސައިކަލުތަކުން ފުރިފައިވާ މާލެއިން، ވެސްޕާފަދަ ދުނިޔޭގައިވެސް މަޝްހޫރު ބްރޭންޑެއްގެ ސްކޫޓަރު ލިބެން ފެށުމަކީ ހަމަގައިމުވެސް ވަރަށް ގިނަ ފަރާތްތަކަކަށް އުފާވެރި ހަބަރަކަށް ވާނެ އެވެ. އަދި މިކަން މިހާރު މިވަނީ ހަގީގަތަކަށް ވެފަ އެވެ. ޕިއާޖިއޯ ކުންފުނީގެ އުފެއްދުންތަކުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރ އެއް ރާއްޖޭގައިވެސް އައްޔަނު ކުރެވި، ވާދަކޮށްލެވޭވަރު އަގެއްގައި ރާއްޖެއިންވެސް މިހާރު ވެސްޕާ ލިބޭނެ އެވެ. އެއީ ޒުމް މޮޓަރސް އިންނެވެ. ޒުމް މޮޓަރސް އިން ވެސްޕާ ވިއްކުމުގެ އިތުރުން، ވެސްޕާއަށް ބޭނުންވާ ސަރވިސިންގ އާއި ސްޕެއަރ ޕަރޓްސް ވެސް ފޯރުކޮށްދެ އެވެ. ދެ އަހަރުގެ ވޮރަންޓީއާއި އެކު ވެސްޕާ ލިބޭއިރު، ކޮންމެ ދެ ސާވިސްއަކުން އެއް ސާވިސް މުޅިން ހިލޭ ކުރެވޭނެ އެވެ. އަދި ވެސްޕާގެ އަޖުމަ ބަލާލަން ބޭނުންވާ ފަރާތްތަކަށް ޒުމް މޮޓަރސް ޝޯރޫމްއަށް ޒިޔާރަތް ކުރުމުން ޓެސްޓް ރައިޑް ކޮށްލުމުގެ ފުރުސަތުވެސް އޮވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *