އިތުރު އައިފޯނެއް ގޮވައިފި، މިފަހަރުވެސް ފޮށީގައި އޮއްވާ !

އެޕަލް ކުންފުނިން އެއްމެ ފަހުން ނެރުނު އެ ކުންފުނީގެ ސްމާޓްފޯނު އެޕަލް އައިފޯނު 7 ގެ ޑިވައިސް އެއް ޑެލިވަރ ކުރި އިރު ގޮވާފައިއޮތް މައްސަލަ ފެންމަތިވެފައިވާއިރު އަނެއްކާވެސް އައިފޯނު 7 ގެ ޑިވައިސް އެއް ގޮވާފައިވާކަމަށް ރިޕޯޓް ކޮށްފި އެވެ.

މި ފަހަރު ރިޕޯޓްކޮށްފައިވަނީ ޗައިނާ އިންނެވެ. މިފަހަރުވެސް ގޮވާފައިވަނީ ފޮށީގައި އޮއްވާކަމަށް ޗައިނާގެ ނޫހެއް ކަމަށްވާ ކޭކޭޖޭ އިން ބުނެ އެވެ.

ނަމަވެސް މި ފަހަރު ފޯނުގައި އަލިފާން ރޯވެފައެއް ނުވެ އެވެ. ކޭކޭޖޭއިން ހާމަކޮށްފައިވާގޮތުގައި އެ ފޯނުގެ ބެޓެރީ ފަޅައިގެން ދިއުމުގެ ސަބަބުން އެ ފޯނުގެ ޑިސްޕްލޭ އޮތީ ނެއްޓިފަ އެވެ. އަދި އެއީ ބެޓެރީ ގޮވުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބެލެވޭ ކަމަށް ރިޕޯޓް ކޮށްފައި ވެ އެވެ.

އައިފޯނު 7 ގެ ދެ ފޯނު މިހާތަނަށް ގޮވާފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު ސްމާޓްފޯނު އުފެއްދުމުގައި އެޕަލް އާއި ވާދަވެރި ކުންފުނި ސެމްސަންގް އިން އެއްމެ ފަހުން ބާޒާރަށް ނެރުނު އެ ކުންފުނީގެ ”ނޯޓް7“ ގެ ބެޓެރީ ގޮވާ މައްސަލަ ގިނަ އަދަދަކަށް ރިޕޯޓް ކުރުމުން އެ ކުންފުނިން ވަނީ ނޯޓު 7ގެ ގިނަ ފޯނުތަކެއް ބާޒާރުން އަނބުރާ ނަގައި، މައްސަލަ ހައްލުކޮށްފައިވާ އައު ޝިޕްމެންޓްތަކެއް ބާޒާރަށް ނެރެފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *