މާލޭ ފަޅުގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭ ފަޅުގައި އޮތް ދޯންޏެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވެ އެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ދޯނީގެ ބަދިގޭގައި ރޯވުމުންނެވެ.

ފުލުހުން ބުނީ މާލޭ މަސްމާރުކޭޓާއި ދިމާ ފަޅުގައި އޮތް ބޯޓެއްގެ ބަދިގޭގައި ރޯވި އަލިފާން މާފަންނު ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތުން ނިއްވާލާފައިވާކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ (އާދީއްދަ ދުވަހުގެރޭ) 11:25 ހާއިރު ކަމަށާއި ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމުގައިވެސް ފުލުހުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *