ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި

ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ގދ. ތިނަދޫ އިން މީހަކު މިދިޔަ ހުކުރު ދުވަހު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ”ދުވަސް“ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މިދިޔަ ހުކުރު ދުހަވު ކޯޓު އަމުރެއްގެ ދަށުން އުމުރުން 44 އަހަރުގެ ފިރިހެނަކު ގދ.ތިނަދޫ އިން ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

ތުއްތު ކުއްޖާގެ އުމުރު ފުލުހުން ހާމަ ކޮށްފައި ނުވި ކަމުގައި ވިޔަސް، ”ދުވަސް“ އަށް އެނގިފައިވާ ގޮތުން ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކަށެވެ. އަދި  ޑޮކްޓަރަށް ދެއްކުމުން، އެތުއްތު ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ފަރާތް ވެސް އެކުއްޖާ ވަނީ ބުނެފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *