ފޮޓޯ: ރާއްޖެ އެމްވީ
ފޮޓޯ: ރާއްޖެ އެމްވީ

ބޭރު ޤައުމަކަށް ރާއްޖޭގެ އަތޮޅެއް ވިއްކާލިޔަސް އަތުލާނަން: ފައްޔާޒު

ރައީސް ޔާމިންގެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ސައުދީ އަރަބިއްޔާ އަށް ފ.އަތޮޅު ވިއްކާލައިގެން ފައިސާ ހޯދަން ކަމަށާއި، އެކަން ކުރިނަމަވެސް، ސަރުކާރު ބަދަލުވުމުން އެއަތޮޅު އަތުލާނެ ކަމަށް ރައްޔިތުންގެ މަޖިލިސްގެ ގަމު ދާއިރާ ގެ މެމްބަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެ ޓީޥީން ދެއްކި ”ފަލަ ސުރުޙީ“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ ސައުދީ އަރަބިޔާ އަށް ބުނެލަން އޮތީ ރައީސް އަބްދުﷲ ޔާމިން ގެ މިސަރުކާރު ވެއްޓޭނެ ކަމަށާއި އެދަވަހަކުން ފ.އަތޮޅު އަނބުރާ އަތުލާނެ ކަމަށާއި އެހެންކަމުން ބޭކާރު ޚަރަދުތަކެއް ނުކުރުމަށެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިތުބާރު ގެއްލިފައިވާ ކަމަށާއި އެމްއެމްއޭގެ އިތުބާރު ގެއްލިފައިވަނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގި ކަމަށް ތުހުމަތު ކުރާ 1.5 ބިލިއަން ޑޮލަރުގެ މަނީ ލޯންޑާގެ މައްސަލާގައި އެމްއެމްއޭގެ ރޯލެއްވާ ކަމަށް ތުހުމުތު ކުރެވިފައިވާތީ ކަމަށެވެ. އަދި ސަރުކާރުގެ ނުފޫޒު އެމްއެމްއޭގެ ގަވަރުނަރަށް ވަރަށް ބޮޑަށް އޮތްކަމަށް ގަބޫލު ކުރެވޭތީ ގަވަރުނަރަށް އެއްގޮތަކަށްވެސް އިތުބާރު ނުކުރެވޭ ކަމަށް ފައްޔާޒު ތަކުރާރުކޮށް ވިދާޅުވި އެވެ.

ރާއްޖޭގެ އިޤްތިޞާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި އަންނަ މަހު ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ވަރުވެސް ދައުލަތުގެ ބަޖެޓުގައި ނެތްކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *