ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް

ހިޖުރީ އާ އަހަރުގެ މެސެޖުގައި ރައީސް ގޮވާލެއްވީ ސަރުކާރަށް އެއްބާރުލުން ދިނުމަށް

ހިޖުރައިގެ ދަރުސްތަކުން އިބުރަތް ހާސިލުކޮށް ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަކޮށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ރައްޔިތުން ފުރިހަމަ އެއްބާރުލުން ދިނުމަކީ މުހިންމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފެށުނު ހިޖްރީ އާ އަހަރުގެ މުނާސަބަތުގައި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާ މެސެޖުގައި އެވެ.

އެމަނިކުފާނު ވިދާޅުވީ ކީރިތި ރަސޫލާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم، މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރަ އަކީ އަގުހުރި ފިލާވަޅުތައް ލިބިދޭ ހާދިސާއެއް ކަމަށެވެ. އަދި އެ ހާދިސާއަކީ މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގާތް ގުޅުން އެންމެންގެ ހިތްތަކުގައި އާލާވާނެ މުހިންމު ހާދިސާއެއް ކަމަށެވެ.

އެހެންކަމުން ތަރައްގީގެ މަގުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެކުގައިކަން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކަކީ ރައްޔިތުންގެ ތަރައްގީ އާއި ލުއި ފަސޭހައަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ.

ރައީސް ޔާމީންގެ މެސެޖުގައި ވަނީ ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަގްވާމީ އިސްލާމީ ޖަމާއަތްތަކުގެ ވެރިންނަށް މަރުހަބާ ދަންނަވާފައި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *