ސާކް ސަމިޓު ބޭއްވޭނެ ފަހ މާހައުލެއް ގާއިމްކޮށްދިނުމަށް ރާއްޖެއިން ވަނީ ގޮވާލާފައި --
ސާކް ސަމިޓު ބޭއްވޭނެ ފަހ މާހައުލެއް ގާއިމްކޮށްދިނުމަށް ރާއްޖެއިން ވަނީ ގޮވާލާފައި --

ސާކް ސަމިޓަށް ފަހި މާހައުލެއް ގާއިމް ކުރުމަށް ރާއްޖެއިން ގޮވާލައިފި

ސަރަހައްދީ ގައުމުތަކުގެ ވެރިންގެ އެންމެ ބޮޑު ބައްދަލުވުންކަމަށްވާ ސާކް ސަމިޓު ބޭއްވޭނެ ފަދަ ފަހި މާހައުލެއް ގާއިމްކޮށްދިނުމަށް ރާއްޖެއިން ސާކް ގައުމުތަކުގެ ކިބައިން އެދިއްޖެ އެވެ.

އަންނަ މަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ބާއްވަން ނިންމާފައި އޮތް 19 ވަނަ ސާކް ސަމިޓު ވަނީ ފަސް ގައުމަކުން ބޮއިކޮޓު ކުރުމާއި ގުޅިގެން ފަސްކޮށްފައި އެވެ. ބޮއިކޮޓު ކުރި ގައުމުތަކަކީ ސްރީލަންކާ، އިންޑިއާ، ބަންގްލަދޭޝް އަދި  ބޫޓާން އާއި އަފްގާނިސްތާނެވެ.

މިދިޔަ ހުރު ދުވަހު ފޮރިންގ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ސަރަހައްދުގެ ގައުމުތަކުގައި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ގައުމުތަކުގެ ވެރިން ބައްދަލުވެ މަޝްވަރާ ކުރެވެންޖެހޭ ކަމަށެވެ. އަދި އެކަމަށް ފަހި މާހައުލެއް ގާއިމް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް މެންބަރު ގައުމުތަކުން އަޅާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެ ފަސް ގައުމުން ސަމިޓު ބޮއިކޮޓު ކުރުމުން ސާކްގެ މައި އިދާރާ ހުންނަ ގައުމު އަދި މިއަހަރުގެ ސާކްގެ ޗެއާ ނޭޕާލުން ބުނެފައިވަނީ ސާކް ސަމިޓު ދެން ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ. ސާކް ސަމިޓުގައި މިހާރު އަމަލު ކުރަމުންދާ އުސޫލުގައި ބުނާގޮތުން، ސާކުގެ މެމްބަރު އަށް ގައުމުގެ ތެރެއިން އެންމެ ގައުމަކުންވެސް ސަމިޓުގައި ބައިވެރިނުވާނަމަ އޮޓޮމެޓިކުން ސަމިޓު ފަސްކޮށް ނުވަތަ ކެންސަލް ކުރެވޭނެ އެވެ.

މިއަހަރު ސަމިޓު ބާއްވާ ޕާކިސްތާނުންވެސް ވަނީ ސާކް ސަމިޓު ފަސްކޮށްފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފައި އެވެ.

އިންޑިއާއިން ސަމިޓުގައި ބައިވެރި ނުވާން ނިންމީ ކަޝްމީރުގައި ޕާކިސްތާނާއި ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ. ބަންގްލަދޭޝް އިން ބުނެފައިވަނީ  ސަމިޓުގައި ބައިވެރި ނުވާނީ އެ ގައުމުގެ ދާހިލީ ކަންކަމުގެ ތެރެއަށް އެހެން ގައުމުތަކުން ވަންނަމުންދާތީ ކާމިޔާބު ކަމާއި އެކު ސަމިޓު ނުބޭއްވޭނެ ކަމަށް އެ ގައުމުން ގަބޫލު ކުރާތީ ކަމަށެވެ.

ބުޓާން އާއި އަފްގާނިސްތާނުން ބައިވެރިނުވާން ނިންމީ އިންޑިއާގެ ނިންމުމަށް ތާއީދުކޮށް ޓެރަރިޒަމްގެ މައްސަލަތައް ސަރަހައްދުގައި ބޮޑުކަމަށް ބުނެ އެވެ. އަދި ސްރީލަންކާއިން ބުނީ އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުވުމުން ސަމިޓު ބޭއްވުން ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *