ހޯމް މިނިސްޓަރު އުމަރު ނަސީރަށް ރައީސް ނަޝީދު ޝުކުރު އަދާކުރައްވައިފި

މަޖީދީމަގުގައި ހުރި ފެންފޯއް ރުއްތައް ކެނޑި މައްސަލައިގާ ފުލުހުންގެ ބައިވެރިވުންވޭތޯ ބަލައިދިނުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) ގެ ކިބައިން އެދިވަޑައިގެންފައިވާތީ އެކަމަށްޓަކައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޯމް މިނިސްޓަރު އުމަރު ނަސީރަށް ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ”މާލޭގައި މޫނު ނިވާކޮށް، ހަތިޔާރާއެކު ހިންގާ ޖަރީމާގައި ފުލުހުންގެ ބައިވެރިވުން ބެލުމަށް ޕީއައިސީގަ އެދިވަޑައިގަތީ މިނިސްޓަރު އުމަރު ނަސީރަށް ޝުކުރު ދަންނަވާ“ ކަމަށެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓަރު މިއަދު ދެ ޓްވީޓެއް ކޮށްފައިވާއިރު އެއް ޓްވީޓްގައި ވިދާޅުވެފައިވަނީ ފެންފޯއް ރުއްތައް ކަނޑާލީ ފުލުހުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވާތީ، އެކަމުގައި ފުލުހުންގެ ބައިވެރިވުމެއް އޮތްތޯ ބަލައިދިނުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައި އިއްޔެ އެދިވަޑައިގެންފައި ވާނެ ކަމަށެވެ.

ދެވަނަ ޓްވީޓްގައި ވިދާޅުވެފައިވަނީ މި ސަރުކާރުން ފުލުހުންނާއި ސިފައިން ލައްވާ ގައިރު ގާނޫނީ އެއްވެސް ކަމެއް ނުކުރުވާނޭ ކަމަށެވެ.

މި ދުވަސްވަރަކީ ސޯޝަލް މީޑިއާގައި ސިޔާސީ ފަރާތްތަކުން އެކަކު އަނެކަކަށް ރައްދުކުރަން ބޭނުންވާ މެސެޖް ފޮނުވަމުންދާ ދުވަސްވަރެކެވެ. އެގޮތުން ދާދި ފަހުން ރައީސް ނަޝީދު ވަނީ ރައީސް ޔާމީނަށްވެސް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ޕީޕީއެމްގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ނަޝީދު ޓްވިޓާ މެދުވެރިކޮށް ދެންނެވުމުން ރައީސް މައުމޫން ވަނީ ޓްވިޓާ މެދުވެރިކޮށް ރައީސް ނަޝީދަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *