މާފުށީގައި ހިންގ ާގެސްޓް ހައުސްއެއް -- ފޮޓޯ ބުކިން ޑޮޓް ކޮމް
މާފުށީގައި ހިންގ ާގެސްޓް ހައުސްއެއް -- ފޮޓޯ ބުކިން ޑޮޓް ކޮމް

ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށައިފި

ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކުން މިއަދުން ފެށިގެން ގްރީން ޓެކްސް ނަގަން ފަށައިފި އެވެ.

ޓޫރިޒަމް ގާނާނޫނަށް މިދޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ގެނައި އިސްލާހުގައި ވާގޮތުން ރޭ ދަންވަރު 12:00 ން ފެށިގެން ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ކޮންމެ ދުވަހަކަށް ގްރީން ޓެކްސްގެ ގޮތުގައި ތިން ޑޮލަރު ނަގަން ޖެހޭނެ އެވެ.

މިހާތަނަށް ގްރީން ޓެކްސް ނަގަމުން އައީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. އެއީ ދުވާލަކަށް ހަ ޑޮލަރެވެ.

ގްރީން ޓެކްސް ތައާރަފްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

މީރާއިން ބުނީ ކޮންމެ މަހަކުވެސް ގްރީން ޓެކްސް ނަގައި ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ދައުލަތަށް އެ ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދިން ފަހުން ރާއްޖޭގެ ގިނަ ރަށްރަށުގައި ގިނަ އަދަދެއްގެ ގެސްޓްހައުސް ވަނީ ހަދައި، ހިންގަމުންނެވެ. މިހާތަނަށް ގެސްޓް ހައުސްތަށް ގްރީން ޓެކްސް އިން އިސްތާވެފައި އޮތް ނަމަވެސް މިދިޔަ މަހުގެ ނިޔަލަސް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 27 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *