އޭދަފުށީ މަގުހެދުމުގެ މަޝްރޫޢު ރަސްމީގޮތުން ފެއްޓެވުން – ފޮޓޯ: އެމްއާރުޑީސީ
އޭދަފުށީ މަގުހެދުމުގެ މަޝްރޫޢު ރަސްމީގޮތުން ފެއްޓެވުން – ފޮޓޯ: އެމްއާރުޑީސީ

އޭދަފުށީ މަގު ހެދުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

ބ.އޭދަފުށީގެ މަގުތަށް ހެދުމުގެ މަސައްކަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ.

އިއްޔެ ހަވީރު ބ.އޭދަފުށީ ބަނދަރު ސަރަހައްދުގައި ބޭއްވުނު މިރަސްމިއްޔާތުގައި އެމަސައްކަތް ރަސްމީކޮށް ފައްޓަވާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމު އައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިން ޝުޖާއު އެވެ.

އޭދަފުށީ މަގު ހެދުމުގެ މަޝްރޫޢު އާއި ބެހޭ  ގޮތުން މަޢުލޫމާތު ދެއްވަމުން އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ނަޢުރީފް ވިދާޅުވީ މަގުހެދުމުގެ މަސައްކަތުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދަވަން ހަމަޖެހިފައިވަނީ ކާނުތައް ބެހެއްޓުމާއި، ދުވާރުގެ މަސައްކަތް ކުރުން ކަމަށެވެ.

މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އޭދަފުށީގެ 14 މަގެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވާއިރު، މިއީ 33 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމް.އާރ.ޑީ.ސީއެވެ. އޭދަފުށީ މަގު ހެދުމުގެ މަސައްކަތް ފައްޓަވާތާ އެއްއަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމަވާގޮތަށް ހަމަޖެހިފައިވާ ކަމަށް އޭދަފުށީ އެމްއާރްޑީސީ އޮފީހުން ބުނެފައިވެއެވެ.

ބ އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމުގައިވާ ބ.އޭދަފުއްޓަކީ 3،500 މީހުންގެ އާބާދީއެއް އެކުލެވިގެންވާ ރަށެކެވެ. އެރަށުން އެކިއެކި ޚިދްމަތްތަށް ހޯދުމަށް ކޮންމެ ދުވަހަކު ކައިރި ރަށްތަކުން ވަރަށް ގިނަ މީހުން އެރަށަށް ދެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *