މިއަހަރުގެ ޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާބު 7000 އަށް ވުރެ ގިނަ ދަރިވަރުންނާ މިއަދު ފަށައިފި އެެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރުގެ އޯލެވެލް އިމްތިހާނުގައި ސަރުކާރުގެ 194 ސެންޓަރަކާއި އަމިއްލަ 41 ސެންޓަރަކުން ޖުމްލަ 7023 ދަރިވަރުން އިމްތިހާނުގައި ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސްރީލަންކާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރު 12 ދަރިވަރުން އިމްތިހާނުގައި ބައިވެރިވެފައިވާ ކަމަށެވެ.
އޯލެވެލް އިމްތިހާނުގައި މިއަދު އޮތީ ދިވެހި މާއްދާގެ ޓެސްޓެވެ. އޯލެވެލްގައި ބައިވެރިވާ ދުނިޔޭގެ އެހެން ދަރިވަރުންނާ އެކު އަންގާރަ ދުވަހު ރާއްޖޭގެ ދަރިވަރުން ހަދާނީ ޓުރެވަލް އެންޑް ޓޫރިޒަމް މާއްދާ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިމްތިހާނު ފަށާފައިވާ ކަމަށެވެ. އަދި މިއަހަރަކީ ފުރަތަމަ ފަހަރަށް އޯލެވެލް އިމްތާނާއި އެއް ދުވަސް ވަރެއްގައި އޭލެވެލް އިމްތިހާނު ރާއްޖޭގައި ހަދާ އަހަރު ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެގޮތުން މިމަހުގެ 10 ވަނަ ދުވަހު އޭލެވެލް އިމްތހާނު ފެށޭއިރު ނިމޭނީ އަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ. މިއަހަރު ރާއްޖެއިން 334 ދަރިވަރުން އޭލެވެލް އިމްތިހާނު ހަދާނެ އެވެ.
އޯލެވެލް އިމްތިހާނު ނިމޭނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.