މިދިޔަ އަހަރު ނ. އަތޮޅު ތައުލީމީ މަރުކަޒުން ހުރިހާ ގޮތަކުން އެއްވަނައަށް ދިޔަ އާއިދު އަށް އިނާމު ހަވާލު ކުރަނީ -- ފޮޓޯ: ނ. އަތޮޅު ތައުލީމީ މަރުކަޒު
މިދިޔަ އަހަރު ނ. އަތޮޅު ތައުލީމީ މަރުކަޒުން ހުރިހާ ގޮތަކުން އެއްވަނައަށް ދިޔަ އާއިދު އަށް އިނާމު ހަވާލު ކުރަނީ -- ފޮޓޯ: ނ. އަތޮޅު ތައުލީމީ މަރުކަޒު

ނ.އަތޮޅު ތައުލީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރަކަށް އާއިދު

ވޭތުވެދިޔަ އަހަރަު ނ. އަތޮޅު ތައުލީމީ މަރުކަޒުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަހުމަދު އާއިދު ހޮވިއްޖެ އެވެ.

އޭނާ އަށް އެވޯޑުތައް ހަވާލުކޮށްދެއްވީ ރޭ ބޭއްވި ނ. އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމް ދިނުމުގެ ހަފުލާގެ ޝަރަފުވެރިވެރި މެހެމާން، ސެވެލް ބްލެންކް ރަންދެލީގެ ރެސިޑެންޓް މެނޭޖަރު ތޯމަސް ޑިވެލް ޑިވްރޯ އެވެ. އާއިދު ވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ފަސް މާއްދާއިން އޭ ފާސް ހޯދައިގެން ގައުމީ ގަދަ 10 ގެ އަށް ވަނައަށް ހޮވިފައި އެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތާނުގައި އެ ސްކޫލުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުގެ ގޮތުގައިވެސް ހޮވިފައި އެވެ.

މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން ނ. އަތޮޅު ތައުލީމީ މަރުކަޒުން ދެވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދީ ޒައިނާ މުހައްމަދެވެ. އޭނާ ތިން މާއްދާއަކުން އޭ ފާސް ހޯދި އިރު ތިން ވަނައަށް ދިޔައީ އާމިނަތު ޝަފާނާ އާދަމެވެ.

ރޭގެ ހަފްލާގައި ތަފާތު އެކި ދާއިރާތަކުން 18 ދަރިވަރަކު އިނާމު ހާސިލްކޮށްފައިވެ އެވެ. އަދި އެ ސްކޫލުން ވޭތުވެ ދިޔަ ދެ އަހަރު ވަނީ  އޯލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ”ސީ“ ފާހައްވުރެ މަތިން ފާސްވާ ދަރިވަރުންގެ 60 އިންސައްތައަށްވުރެ މަތިން ދަރިވަރުން ފާސްކުރުމުގެ އެވޯޑާއި އެއްއަހަރުން އަނެއް އަހަރައް ދަރިވަރުން ފާސްވާ އިންސައްތައިން 10 އިންސައްތައަށްވުރެ މަތިން ކުރިއެރުން ހޯދުމުގެ އެވޯޑު ހާސިލް ކޮށްފައި އެވެ.

މިދިޔަ އަހަރު ނ. އަތޮޅު ތައުލީމީ މަރުކަޒުގެ 15 ދަރިވަރަކު އޯލެވެލް ހަދާފައިވާއި ވެ އެވެ. އެ ސްކޫލްގައި ކިޔަވަމުންދަނީ 30 ދަރިވަރުންނެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *