މާލޭ ދެކުނު ފަރާތު ފަރަށް އެރި ސަން އޯޝަން ޕްރައިވެޓް ލިމިޓެޑްގެ ލޯންޗު -- ފޮޓޯ: އެމްއެންޑިއެފް
މާލޭ ދެކުނު ފަރާތު ފަރަށް އެރި ސަން އޯޝަން ޕްރައިވެޓް ލިމިޓެޑްގެ ލޯންޗު -- ފޮޓޯ: އެމްއެންޑިއެފް

މާލޭ ދެކުނު ފަރާތު ނެރު ފައި ކަށްޓަށް އަރައި ލޯންޗެއް ފަޅައިގެން ގޮސްފި

މާލޭ ދެކުނު ފަރާތު ނެރުގެ ފައިކަށްޓަށް ލޯޗެއް އަރައި ލޯންޗު ފަޅައިގެން ގޮސްފި އެވެ.

މިހާދިސާގައި ދިޔަވެފައިވަނީ ސަން އޯޝަން ޕްރައިވެޓު ލިމިޓެޑްގެ ލޯންޗެއްގައި އެވެ. ހާދިސާ ހިނގި އިރު ލޯންޗުގައި 15 މީހުން ތިބި ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓު އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ކޮށްފައިވަނީ މިރޭ 10:00 އެހާއިރު އެވެ.

ކެރޭނެއްގެ އެހީގައި ލޯންޗު ނަގަނީ -- ފޮޓޯ: އެމްއެންޑީއެފް
ކެރޭނެއްގެ އެހީގައި ލޯންޗު ނަގަނީ — ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފަށް އެ މައުލޫމާތު ރިޕޯޓު ކުރުމުން ގޮސް ކެރޭނެއްގެ އެހީގައި ލޯންޗު ނެގުމަށް ވެރިފަރާތަށް އެހީތެރިވެދީފާނެ ކަމަށެވެ. އަދި ފަޔާ އެންޑް ރެސްކިއުއިން ލޯންޗުން ފެން ހިއްކަން އެހީވެދީފައިވާ ކަމަށް ބުންޏެވެ.

އެމްއެންޑިއެފުން ބުނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަމުންދާ ކަމަށެވެ.

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *