ޅ. އަތޮޅު ކަނުހުރާ ރިސޯޓްގެ މުވައްޒަފުންނަށް އިއްޔެ އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ފަށައިފިއެވެ.
އެމްއެންޑީއެފުން ހާމަކުރާގޮތުގައި މި ޕްރޮގްރާމްގައި އެ ރިސޯޓުގެ 15 މުވައްޒަފުން ބައިވެރިވެފައިވެއެވެ. ކަނުހުރާ ރިސޯޓްގައި އިއްޔެ ފެށި މި ޕްރޮގްރާމް އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާއިރު މި ކޯހުގެ އަމަލީ ތަޖުރިބާ ހޯދުމުގެ ކްލާސްތައް ހިންގުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފް ވިލިމާލެ ފަޔަރ ޓްރޭނިންގ ސްކޫލުގައެވެ.
”މި ކޯހުގައި ބައިވެރިންނަށް އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަން ޖެހޭނެ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތައް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތްތައް ދަސްކޮށްދެވޭނެއެވެ. މީގެ އިތުރުން ފިޒިކަލް ޓްރޭނިންގ، ފަޔަރ ބިހޭވިއަރ، ފަޔަރ ޑިޓެކްޝަން އެލާމް ސިސްޓަމް، ފިކްސްޑް ފަޔަރ ފައިޓިންގ ސިސްޓަމް، ފަޔަރ ޕޯޓަބަލް ޕަމްޕު އަދި އިންސިޑެންޓް ކޮމާންޑް ސިސްޓަމް އާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.“ އެމްއެންޑީއެފުން ހާމަކުރެ އެވެ.
އެމްއެންޑީއެފުން ހާމަކުރާގޮތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ އާއި އެމްއެންޑީއެފް ފަޔަރ ޓްރޭނިންގ ސްކޫލް ގުޅިގެން ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެއްވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ މުދައްރިބުންނެވެ.