ޗައިނާގައި އުފަންވި ކުއްޖެއްގެ ދެ ލޯ ނެތް !

މިއީ ޗައިނާގެ ގުއަންގޑޮންގ ޕްރޮވިންސްގެ ގުއަންގޒޫ ސިޓީގައި ނިމިދިޔަ ހަފްތާގެ ތެރޭގައި ހިނގާފައިވާކަމެކެވެ.

ލިއު ޕެއިހުއާ ނަމަކަށް ކިޔާ މީހަކު ހޮސްޕިޓަލުގައި ވިހެއި އިރު އުފަންވި ކުއްޖާގެ ދެ ލޯ ނެތެވެ. ޑޮކްޓަރުން ފުރަތަމަ ހީކުރީ ދެ ލޯ މަރައިގެން އޮތީ ކަމަށެވެ. ނަމަވެސް ފަހުން ބެލި ބެލުން ދެ ލޯ ނެތީކަން އެނގުނު ކަމަށްވެ އެވެ.

އެ ފިރިހެން ކުއްޖާއަށް ޒިއާއޮ މިންގް، މި ނަން ދީފައިވާއިރު ޑޮކްޓަރުން ބުނަނީ އެއީ ވަރަށް މަދުން ނޫނީ ދިމާނުވާ ގޮތެއް ކަމަށެވެ. އަދި އެހެންވަނީ މައިމީހާގެ ބަނޑުގައި ކުއްޖާ އަށަގަންނައިރު އޮކިއުލާ ނަމަކަށް ކިޔާ ޓިޝޫއެއް މަދުވުމުން ކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ޑޮކްޓަރުން މިހާރު އަންނަނީ ޒިއާއޮ މިންގް ގެ ފުލް ބޮޑީ ޗެކަޕެއް ހެދުމަށް ތައްޔާރުވަމުންނެވެ. އެއީ ހަށިގަނޑުގެ އިތުރު އެއްވެސް ގުނަވަނެއް މަދުތޯ ބެލުމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *