ފުވައްމުލަކު ފަރަށް އެރި ބޯޓުގައި ފަޅުވެރިން ތިބުމަކީ ރައްކާތެރިކަމެއް ކަމަށް ނުބެލެވޭތީ އެ ބޯޓުން ފަޅުވެރިން ބާލައިފި

 އޯގަސްޓް 13 ވަނަ ދުވަހު ފުވައްމުލަކު ފަރަށް އަރައިގެން މިމަހުގެ 15 ވަނަ ދުވަހު ފުންކުރެވުނު ވިއެޓްނާމްގެ ބޯޓުގައި ތިބި ފަޅުވެރިން ބޯޓު  ދޫކޮށްލުމަށް ފަހު ބޯޓުން ފޭބުމަށް އެހީތެރިކަމަށް އެދުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ބޯޓުގެ ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

”އެމްވީ އެންޖީއޯސީ ސަން“ (MV NGOC SON) ނަމަކަށް ކިޔާ މި މުދާ އުފުލާ ބޯޓުގައި ފަޅުވެރިން ތިބުމަކީ ބޯޓުގެ ހާލަތަށް ބަލާއިރު ރައްކާތެރިކަމެއް ނޫންކަމަށް ބެލެވޭތީ، ބޯޓުން ފަޅުވެރިން ބޭލުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޯޓުގެ ކެޕްޓަން އެދުމުގެ މަތިން ފަޅުވެރިން ހުސްކުރުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން މިއަދު ވަނީ ކޮށްފައި ކަމަށާއި މި ބޯޓުން މީހުން ހުސްކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ”ނޫރައްދީން“ ވަނީ ހަރަކާތްތެރިވެފައިވާކަމަށާއި އަދި މިގޮތުން ބޯޓުގައި ތިބި 20 ފަޅުވެރިން މިއަދުގެ 16:45 ހާއިރު ވަނީ ކޯސްޓްގާޑް ޝިޕް ”ނޫރައްދީން“ އަށް ބަދަލުކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

falhuverin2

އެމްއެންޑީއެފުން އިތުރަށް ބުނީ މި ބޯޓު މިހާރު އޮތީ ޏ.ފުވައްމުލަކު އިރުން 3 މޭލު ބޭރުގައި ކަމަށާއި  އަދި ބޯޓުގެ ވެރިފަރާތުން ހަމަޖެއްސި އޭޖެންޓުންނާއި، ބޯޓުގެ ފަޅުވެރިން ހަވާލުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *