ކައިވެނި ކުރާ ދުވަހު އެއްގޮތަކަށްވެސް ކެއުން ރަނގަޅު ނޫން އެއްޗެހި!

ކައިވެނި ކުރާ ދުވަހާއި ކައިވެނި ޕާޓީ ބާއްވާ ދުވަހަކީ ދެމަފިރިންނަށް، ހާއްސަކޮށް އަނބިިމީހާ އަހަރު ދުވަސް ކުރިން ތައްޔާރުވެގެން އަންނަ ވަރަށް ހާއްސަ އެންމެ ދުވަހެކެވެ. އެކަމަކު ކެވޭ ކާއެއްޗަކުން އަހަރު ދުވަހުގެ މަސައްކަތް މުޅިން ހަރާބު ވެދާނެ އެވެ. ޕާޓިއަށް ތައްޔާރުވާން ފެހި ހެދުން ހެޔޮވަރު ނުވެ، ކެއުން މަދުކޮށްގެން ހަށިގަނޑަށް ގެނައި ރީތި ބަދަލު އެންމެ ގަޑި އިރަކުންވެސް ހިނގައިދާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

ތިރީގައި އެވަނީ ކައިވެނި ހަފްލާ އޮންނަ ދުވަހު، އެއްގޮތަކަށްވެސް ކެއުން ރަނގަޅު ނޫން ބައެއް އެއްޗިިއްސެވެ.

 

ކާބޯހައިޑްރޭޓްސް ހިމެނޭ ބުއިންތައް:

އާންމުކޮށް ދިވެހިން ބޭނުންކުރާ ލުއި ބުއިންތަކުގައި ކާބޯހައިޑްރޭޓްސް އެކުލެވިގެންވެ އެވެ. ކައިވެނި ކުރާ ދުވަހު ނުވަތަ މުހިންމު ކަމެއް އޮންނަ ދުވަހު ކާބޯ ހައިޑްރޭޓްސް ހިމެނޭ ލުއި ބުއިންތައް ބުއިމުން ހަށިގަނޑު ހަމަ ނުޖެހި ހުންނަ ކަހަލަ އިހުސާސެއް ކުރެވެ އެވެ. އަދި އެހާ ގަޔާވެގެން ކަންކަމާ ނޫޅެވޭނެ ކަމަށް ވެ އެވެ.

 

ހަކުރު ހިމަނައިގެން ހަދާފައި ހުންނަ ކާއެއްޗެހި:

 

މާ ފޮނި ގަދ އެއްޗެހި ކައިވެނި ނުވަތަ ހާއްސަ ހަފްލާތަށް އޮންނަ ދުވަސް ދުވަހު ކެއުން ރަނގަޅެއް ނޫން —

ހަކުރު އަޅައިގެން ކައިވެނި އޮންނަ ދުވަހު ސައިތައްޓެއް ބޯލުމަކުން މައްސަލައެއް ނެތެވެ. އެ ދުވަހު ކެއުން ރަނގަޅު ނޫނީ ހަކުރު އަޅައިގެން ހަދާފަ ހުންނަ ފާޑުފާޑުގެ ތައްޔާރީ ކާނާ އާއި ފޮނި އެއްޗިއްސެވެ. މާގަދަޔަށް ހަށިގަނޑަށް ފޮނިކަން އިހުސާސްވުމުން އުޅެން އުދަގޫވެދާނެ އެވެ.

 

ޗީޒް އަޅައިގެން ހަދާފައި ހުންނަ ކާއެއްޗެހި:

 

ޗީޒް އަޅައިގެން ހަދާފައި ހުންނަ އެއްޗެި ކެެއުމުން ހަޖަމް ވުން ލަސްވޭ —

ޗީޒް އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ކާއެއްޗެހީގެ ތެރޭގައި ޕާސްތާއާއި ޗިކަޕް ޕޮޕްކޯން ފަދަ އެއްޗެހި ހިމެނެ އެވެ. މިކަހަލަ ކާއެއްޗިއްސަކީ ކައިވެނި ހަފްލާތަކުގައި އެންމެންވެސް ކާހިއްވާ އަދި އާންމުކޮށް ހަދާ އެއްޗިއްސެވެ. އެކަމަކު ޗީޒް އަޅައިގެން ހުންނަ ޕާސްތާ ފަދަ އެއްޗެހި ކެއުމުން ހަޖަމް ކުރަން އުނދަގޫވެ މުޅި ހަފްލާގައި އުޅެންޖެހޭނީ އެ އުނދަގުލާއި ހެދި އެވެ.

 

ކޮފީ:

 

ކޮފީ ބުއިމުން ބަނޑު ފުއްޕާފައި ހުންނަ ކަމަށްވޭ —

ކޮފީ އަކީ ހަށިގަނޑަށް ރަނގަޅު އެއްޗެއް ނޫންކަމަށް ގިނަ ބަޔަކު ބުނެ އެވެ. ހާއްސަކޮށް ކައިވެނި ކުރާ އަންހެން ކުއްޖާ އެ ދުވަހު ކޮފީ ބުއިމުން ކުޑަކޮށް ބަނޑު ފުއްޕާލާފައި ލައިގެން ހުންނަ ރީތި ކައިވެނީގެ ހެދުން ކުރިމަތިން ހަޑިވާގޮތް ވެ އެވެ.

 

ޗުވިން ގަމް:

 

ޗުވިންގަމް ކެއުމުން ބަނޑު ހުންނާނީ އާންމުކޮށް ހުންނަ ވަރަށް ވުރެ ބޮޑަށް ފުފިފައި —

އަނގައިން ވަސްކަނޑުވާލާ ތާޒާ ކަންމަތީ ހުރުމަށް ދެމަފިރިންވެސް ކައިވެނި ހަފްލާގައި ޗުއިން ގަމް ކަހަލަ އެއްޗެހި އަނގަޔަށް ލަިއގެން ހަފަ ހަފަ ހުންނަތަން ފެނެ އެވެ. އެކަމަކު އެއީ ރަނގަޅު ކަމެއް ނޫނެވެ. އެނގޭ ހެއްޔެވެ. އޭރުން އަސްލު ބަނޑު އިންނަ ވަރަށް ވުރެ ބޮޑު ކަމަށް ދައްކާނެ އެވެ.

 

އާ އެއްޗެއް ނުކެއުން:

 

ހާއްސަ ކަމެއް އޮންނަ ނަމަ އާންމުކޮށް ނުކާ އާ އެއްޗެއް ކެއުން ރަނގަޅެއް ނޫން —

ކައިވެނި ކުރާ ދުވަހު އަލަށް އެއްވެސް އެއްޗެއް ނުކާށެވެ. ކާންވާނީ މީރު ކަށިގަނޑަށް ފައިދާ ހުރި އެއްޗިއްސެވެ. މުޅިން އަލަށް އެންމެ އުފާވެރި ދުވަހު  ކާއެެއްޗެއް ކަނިކޮށް އޭގެ އުނދަގޫ މުޅި ހަފްލާގައި ކޮށްފާނެ ކަމަށް ވިސްނަން ޖެހޭނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ”ހަކުރު އަޅައިގެން ކައިވެނި އޮންނަ ދުވަހު ސައިތައްޓެއް ބޯލުމަކުން މައްސަލައެއް ނެތެވެ.“ މި ބުނަނީ ކީކޭތޯ؟ އެއްވެސް ފައިދާއެއް ނެތް މުޅީން ބޭކާރު ލިޔުމެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *