އދ މަންދުއަށް އަރާފައިބަން އޮންނަ ޖެޓީ -- ފޮޓޯ: ފޭސްބުކް
އދ މަންދުއަށް އަރާފައިބަން އޮންނަ ޖެޓީ -- ފޮޓޯ: ފޭސްބުކް

ބްރިޖް ބަލާ ޕްލެޓްފޯމަށް އަށް މިލިޔަން، ރައްޔިތުން ރަށަށް އަރަނީ ފުރާނަ އަތްމައްޗަށް ލައިގެން

ބްރިޖްގެ ތަނބުތައް އިތުރުވަމުންދަނީއެވެ. ބްރިޖްގެ ކޮންމެ ކަމަކާއި އެކީ ނޫސްތަކުގެ ފަލަ ސުރުޚީ އަޅާލައެވެ. ހައުސިން މިނިސްޓްރީން ވެސް ނޫސްވެރިން އެއްމެގިނައިން ދައްކަން ގެންދާ ތަނަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖެވެ. އުފާކުރުން ހައްގެވެ. ދިވެހި އެތައް ރައްޔިތުންނަށް ދެކެމުން އައި ބްރިޖްގެ ހުވަފެން ހަގީގަތަކަށްވާތީއެވެ. އެތައް މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓްގެ ’ކްރެޑިޓް‘ ނެގުން މި ސަރުކާރަށް ހައްގެވެ. އިންސާފަށް ވިސްނާ އެއްވެސް މީހަކު އެކަމާ ދެކޮޅެއް ނަހަދާނެއެވެ.

އެހެންނަމަވެސް މީ މިވަގުތުކޮންމެހެން ކުރަންޖެހޭ ކަމެއްތޯ ސުވާލު އުފެއްދުން މުހިއްމެވެ. އެއްމެ ފުރަތަމަ ކަމަކަށް މިހާރުވެސް ބްރިޖްހަދާތަން ވަރަށް ރީއްޗަށް އެބަފެނެއެވެ. ދެވަނަ ކަމަކަށް ވިސްނާލާއިރު މިއީ ސަރުކާރުގެ މުދަލާއި ވަސީލަތްތައް އެއްމެ ހެޔޮގޮތުގައި ބޭނުންކުރުންތޯ ސުވާލު އުފެދެއެވެ. ރަނގަޅު ވާހަކައެކެވެ. ބްރިޖް ބަލާލަށް ތިބޭނެ ޕްލެޓްފޯމެއް އެ ހަދަނީ އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެނެވެ. އަމިއްލަ ފަރާތަކުން ޚަރަދުކޮށް ހެދި ނަމަވެސް ބޭކާރު ޚަރަދެއް ވާނީ ބޭކާރު ޚަރަދަކަށެވެ. ދިވެހި ސަރުކާރުގެ މާލީ ވަޒީރު ޚަރަދުކުޑަކުރުމަށް އަންގަވާފައިވާއިރު މި ދަނޑިވަޅުގައި މިއީ ވިސްނާލަންޖެހޭ ކަމެކެވެ.

އދ މަންދުއަށް އަރާފައިބަން އޮންނަ ޖެޓީ -- ފޮޓޯ: ފޭސްބުކް
އދ މަންދުއަށް އަރާފައިބަން އޮންނަ ޖެޓީ — ފޮޓޯ: ފޭސްބުކް

ރާއްޖޭގެ ބައެއް ރަށްރަށަށް އަދިވެސް އަރާ ފައިބަންޖެހެނީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. ވަކިން ޚާއްސަކޮށް ކުދި އާބާދީތައް ހިމެނޭ ރަށްތަކަށް އަޅާނުލުމަކީ ހުރިހާ ސަރުކާރުކުން ގެންގުޅޭ ސިޔާސަތެކެވެ. ފަހަރެއްގައި އެ ރަށަށް ކަމެއް ކުރިޔަސް މާގިނަ ވޯޓެއް ނުލިބޭނެތީ ކަމަށް ވެސް ވެދާނެއެވެ. ނުވަތަ ކުރާ ކެމެއް ގިނަ ބަޔަކަށް ނުފެނިދާނެތީ ކަމަށް ވެސް ވެދާނެއެވެ.  މިސާލަކަށް، އދ. މަންދޫގެ ރައްޔިތުން ރަށަށް އަރަންޖެހެނީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. ރަށުގެ ފާލަން އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގަބޫލުކުރައްވާ ގޮތުގައި ބްރިޖް މަޝްރޫއުއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއުއަށްވެފައި އެމަސައްކަތްތައް ބަލާލުމުގެ ފުރުސަތު ލިބުމަކީ ރައްޔިތުންނަށް ލިބެންޖެހޭ ހައްގެކެވެ. ރާއްޖޭގެ ރަށްރަށަށް އަރާފޭބުކީ ވެސް އަސާސީ ހައްގެކެވެ. މިކަހަލަ އަސާސީ ހައްގުތަކަށްވުރެ ސަރުކާރު ޕްރޮމޯޓްކުރަން ދޭ ހައްގު މާ މުހިއްމީ ހެއްޔެވެ؟

އދ މަންދުއަށް އަރާފައިބަން އޮންނަ ޖެޓީ -- ފޮޓޯ: ފޭސްބުކް
އދ މަންދުއަށް އަރާފައިބަން އޮންނަ ޖެޓީ — ފޮޓޯ: ފޭސްބުކް

އދ. މަންދޫގައި އާބާދީ މަދަސް އެވެސް ދިވެހި ރައްޔިތުންނެވެ. ސަރުކާރުން ނަގާ ލޯނެއް ނަގަނީ އެ ރައްޔިތުންގެ ވެސް ނަމުގައެވެ. ލިބޭ ހިލޭ އެހީއެއް ލިބެނީ އެ ރައްޔިތުން ޝާމިލްވާގޮތަށެވެ. މަންދޫ ފަދަ އެހެންރަށްތައް ވެސް މިހާލުގައި އެބަހުއްޓެވެ. ކޮންމެ ކަމެއް ކުރުމުގައި ’މެޑަލް‘ ޖެހުމުގެ ވިސްނުން ދޫކޮށްލާ ކުދި ކުދި ރަށްތަކުގައި ތިބި ނިކަމެތި ދިވެހި ރައްޔޮތިތުންގެ ހައްގުތައްވެސް ދޭން އެބަޖެހެއެވެ. އެ ރަށްރަށުގެ ރައްޔިތުން ކައިރިއަށް ވޯޓަށް ސަލާންޖަހަންދާނެ ދުވަސް އެބައާދެއެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

15 Responses

  1. ސަރުކާރަށް އަނެއްކާވެސް ރާއްޖެތެރެ ފެންނާނެ އިންތިހާބް ބޯމަތިވީމަ. ރާއްޖެތެރޭގެ މީހުން ފެލައިގެން މާލެ އާ ހުޅުމާލެ ތަރައްގީ ކުރެވުނީމަ މި ސަރުކާރަށް އެނިމުނީ. ރާއްޖެތެރޭ މީހުންތިބެނީ އިންތިހާއަށް ނިކަމެތި ކޮށްލާފަ.

  2. Varah kan neh thakun thaaku nujehey meehun ulhey council eh kamah fenay.Mivaru kameh ammihlla rahyithun nahtakaa amihllayah rahyithun ehvelaigen ves nukureveynevaru kameh thifaalamakun nufeney..

  3. Thiee varah hamanujehey vaahaka eh. Platform develop kuran ee amilla faraathakun viyafaari usoolun. Dhen sarukaaraka platform akaa konkameh?? Thiyah noosverikamey nukiyaane. Rayyithun gunbo hadhdhai dheythere jessumey kiun rangalhuvaane

  4. alhugandu dhekey gothugai thi platform aky evves beynumeh huri thaneh noon .aee thithan elhumuge sabababun kuriyah oiy musthagubalugai raajje ah evves laari eh nuvannaane. anehhen kada eh noon hahaha

  5. ކޮއްކޯ މުސްތަގްބަލުގައި ވޯޓަށް ސަލާން ޖަހާން ދާކަށް ނުޖެހޭނެ…… ހުރިހާ ކަމެއް ހިނގާނީ އީ-ވޯޓިންގ ސިސްޓަމް ބޭނުންކޮށްގެން އަޑިއަޑިން…..

    ކުރީންވެސް ވޯޓު ގަންނަނީ ދެންވެސް ގަންނާނީ!….. -/500 ރ. އަށް ގަނެ ނުލެވޭނެ ރާއްޖޭގެ ރައްޔިތެއް މަދުވާނެ….

    ދެން ލަލަލާ!

  6. ވަރަށް ރަނގަޅު އާޓިކަލް އެއް. ރަށު ކައުންސިލްގެ ބަހެއްގެ އިތުރުން އާމުންގެ ހިޔާލުވެސް ހިނަމާލިނަމަ އަދި މިއަށްވުރެއް މި އާޓިކަލް ފުރިހަމަ ވީސް.

  7. Theekee hamajehey vaahaka eh noon.kaloamen kudhin nikan araalabala R.atholhu vaadhoo ah. Atholhuge emme abaadhee madhu eh rah vaadhoo akee.Rashugai ulhenee 2 boa 1 set. Rashuge tharaggeega laamaseelu misaaleh vaadhoo akee. Rashugai aabaadhee kithanme madhas Rayyithun hovaafa thibi 5 councillorun kan kan kuran ulhenya vaane kamuge ldhiri huri misaaleh vaadhoo akee.

  8. mi faalamuge thanbuthah huri haalath engey nama nukereyne bunaakah maraamaath kohgen beynun kureveyne ekey. . Habaruga ebai ves detail kohli nama rangalhu vees. . Ethah faharaku amillayah maraamaath kohfaves hunnaane rayyithun vegen.. mihaaru maraamaath kurevey haalathehga eh noon othy.. dhen mi kamuga rashehge council ge haradhuga jetty eh elheynehaa laari hunnaane kamah gaboolu kurumakee moya kameh. . Ithurah mauloomaath beynun nama e rashuge Facebook page ah ziyaarai kohlaa

  9. ރިޕޯރޓް ލިޔުނުމީހެއްގެ މޮޔަކަމާއެވެ. ބްރިޖް ބަލާ ޕްލެޓް ފޯރމް ހަދަނީ ސަރުކާރުގެ ބަޖެޓަކުންނެއްނޫނެވެ. އެއީ އަމިއްލަވިޔަފާރި ކުންފުންޔަކުން 3 އަހަރުދުވަހަށް ސަރުކާރުން ބިން ކުއްޔައްނަގައިގެން ކުރާ އިންވެސްޓެއް ކަން ހަމަ ނޭގެނީ ބާއެވެ. ޕްލެޓް ފޯރމް ނަހަދާ ތިވިދާޅުވާ ރަށުގެ ފާލަން ހަދާދޭން އެކުންފުނީގައި އެދިލައްވަންވީނުންތޯއެވެ.

  10. Raajjeyge ehen rahrashuga kameh nukohdhy maale tharahqy kuryma verinnah enimuny .khaassakoh mihaaruge sarukaarun., Adh maamigiyyaky thiyabuna ADh atollge emme aabaadhee bodu binbodu rah. Gaaiyygandakah 5000 ehha myhun dhiriulhey iru verikan kurany kiriya 2000 myhun hamava rashegga. Nuvithaakah huriha hidhumatheh erashh. Sarukaarun maamigiyyah kohdhevvy konkamehthoa.. Narudhamaaeh Mioh bodurashugaeh neiy . kuni nahthaaleveyne gotheh neiyy, thauleemy fenvaru rangalhu kurumah kohdheveyne kameh neiyy, rashug e maguthha dhuvva noolhevey varah adigudahvefa oyyiru rashuga mai maguthah kamavva , ameenee magaa, rahdhebai maga, airport on a 2 kolhah hadhaafaiva 2 magugaves dhuvvaanulevey. Miee adi baeh maguthah. Adi ehen maguthakuge haalukoba. Not only government.. Aslu maamigili council ga thibey thandhoru nudhanna myhunge sababun vaa L
    Kamkan maamigili council failed.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *