ލައިވް ޝޯއެއްގައި ރަންވީރު ސިންގަށް ރޮވިއްޖެ

ބޮލީވުޑްގެ އެއްމެ މަޝްހޫރު އެއް ބަތަލު ކަމުގައިވާ ރަންވީރު ސިންގަށް، ލައިވް ޝޯވއެއްގެ ތެރެއިން ރޮވިއްޖެ އެވެ.

ރަންވީރު ސިންގުގެ ލޮލުން ކަރުނަ ހިލިފައިވަނީ ސްޓާ ވޯލްޑްއިން ދައްކަމުން އަންނަ ސިމީ ގަރެވާލްގެ ”އިންޑިއާސް މޯޑް ޑިޒަޔަރެބަލް“ ޗެޓް ޝޯގެ ތެރެއިންނެވެ. އެ ޝޯގައި ރަންވީރުގެ މަންމަ ބުނި އެއްޗަކުންނެވެ.

އެ ޝޯގައި ރަންވީރުގެ މަންމަ ބުނެފައިވަނީ ފިލްމީ ދާއިރާގައި ކާމިޔާބު ހޯދަން ކުރި މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް އަބަދުވެސް ރަންވީރުގެ މައިންބަފައިންނަށް ނާންގާ ވޭތޯ މަސައްކަތްކުރާނެ ކަމަށާއި އެއީ ރަންވީރުގެ މަންމައާއި ބައްޕަ ދެރަވެދާނެތީ ކަމަށެވެ. އަދި ރަންވީރު ސިންގަށް އެ ހިސާބަށް ދެވުނީ ގިނަ ތަކުލީފުތަކެއް އުފުލައި ބުރަ މަސައްކަތްތަކެއް ކޮށްގެންކަން ރަންވީރުގެ މަންމަ ފާހަގަ ކުރި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *