ޕޮލިޓެކްނިކްގައި ކިޔަވާ ދަރިވަރުންނަށް އެމްއެންޑީއެފް މެޑިކަލް ސާރވިސްއިން ފަސްޓް އެއިޑް ކުލާހެއް ނަގައިދީފި

މޯލްޑިވްސް ޕޮލިޓެކްނިގައި ކިޔަވާ ދަރިވަރުންނަށް އެމްއެންޑީއެފް މެޑިކަލް ސާރވިސްއިން ފަސްޓް އެއިޑް ކުލާހެއް ނަގައިދީފިއެވެ.

އެމްއެންޑީއެފުން ހާމަކުރާގޮތުގައި މޯލްޑިވްސް ޕޮލިޓެކްނިގައި މިއަދު ކުރިއަށްގެންދިޔަ މި ކުލާހުގައި ޞިއްޙީ ފުރަތަމަ އެހީ ދޭންޖެހޭ އެކިއެކި ހާލަތްތަކުގައި، ނަފްސުގެ އިތުބާރާއެކު ފުރަތަމައެހީ ފުރިހަމަގޮތުގައި ދޭނެ ގޮތް ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ.

ޕޮލިޓެކްނިކްގައި ކިޔަވާ 35 ދަރިވަކު ބައިވެރިވި މިކުލާހުގައި ކިޔަވައިދެއްވީ އެމްއެންޑީއެފް މެޑިކަލް ސާރވިސްގައި މަސައްކަތް ކުރައްވާ ސިފައިން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *