މ. މަޑުއްވަރިން ކަރަންޓް ދާތީ އެރަށު ޑޮކްޓަރު ގަހެއްގެ ދަށުގައި ބަޔަކަށް ހިދުމަތް ދެނީ -- ފޮޓޯ: މަޑުއްވަރީ ކައުންސިލް އިދާރާ
މ. މަޑުއްވަރިން ކަރަންޓް ދާތީ އެރަށު ޑޮކްޓަރު ގަހެއްގެ ދަށުގައި ބަޔަކަށް ހިދުމަތް ދެނީ -- ފޮޓޯ: މަޑުއްވަރީ ކައުންސިލް އިދާރާ

މަޑުއްވަރީގައި ކަރަންޓް މައްސަލަ ބޮޑުވެ، ޑޮކްޓަރު ބަލިމީހުން ބައްލަވަނީވެސް ގަހެއްގެ ދޮށުގައި !

މ އަތޮޅު މަޑުއްވަރީގެ އާބާދީއަކީ 712 އެވެ.83 ގޭގައި މީހުން ދިރިއުޅޭއިރު ރަށުގައި ރަށުގައި ދިރިއުޅެނީ 340 މީހުންނެވެ.

އެ ރަށަށް މިވަނީ ބޮޑު މައްސަލައެއް ކުރިމަތިވެފަ އެވެ. އަބަދާ އަބަދު ރަށުން ކަރަންޓް ކެނޑޭތީ ރައްޔިތުން ތިބީ ގޮތް ހުސްވެފަ އެވެ. މުދަލަށް ބޮޑެތި ގެއްލުން ލިބެމުން ދާތީ އާއި އިދާރާތަކުން ހިދުމަތްތައް ދިނުމަށް ދަތި ވާތީ އާއި ކަރަންޓް މައްސަލައާއި ހެދި އާއްމު ރައްޔިތުންނަށް އެކަމުން ވާ އުނދަގުލާ ހެދި ރައްޔިތުން ތިބީ ކަންބޮޑުވެފަ އެވެ.

މިކަމާއި ބެހޭގޮތުން ދުވަހަށް މައުލޫމާތު ހިއްސާކުރަމުން އެ ރަށު ކައުންސިލް މެމްބަރު ހަސަން މަހާސިން ވިދާޅުވީ އެ ރަށުގެ ރައްޔިތުން އެ ހާލެއްގައި އުޅޭތާ މިހާރު ތިން މަހަށްވުރެ ގިނަ ދުވަސް ވެފައި ވާކަމަށެވެ.

މ. މަޑުއްވަރީގައި ކަރަންޓްގެ ހިދުމަތް ދިނުމަށް މިހާރު ބޭނުންކުރާ އިންޖީނުގެ -- ފޮޓޯ: މަޑުއްވަރީ ކައުންސިލް އިދާރާ
މ. މަޑުއްވަރީގައި ކަރަންޓްގެ ހިދުމަތް ދިނުމަށް މިހާރު ބޭނުންކުރާ އިންޖީނުގެ — ފޮޓޯ: މަޑުއްވަރީ ކައުންސިލް އިދާރާ

”މިހާލެއްގައި އުޅޭތާ ތިން މަހަށްވުރެ ގިނަ ދުވަސްވަނީ، މިދިޔަ ތިން ދުވަހު އަދި ވަކިން ކަންތައް ބޮޑު، ހެނދުނު 10:00 އިން 04:00 އަށް ކަރަންޓް ނުލިބޭ، ރޭގަނޑުވެސް ތަކުރާރުކޮށް ކަރަންޓް ކެނޑޭ“ މަހާސިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގެ އިންޖީނުގޭގައި ތިން އިންޖީނު ހުރި ނަމަވެސް ހިދުމަތް ދެނީ ދެ ޖަނަރޭޓަރުން ކަމަށެވެ. އަދި އަބަދާ އަބަދު ކަރަންޓް ކެނޑެނީ އިންޖީނުތަކަށް ބާރު ބޮޑުވެގެން ކަމުގައިވެސް މަހާސިން ވިދާޅުވި އެވެ.

މ. މަޑުއްވަރީގައި ކަރަންޓްގެ ހިދުމަތް ދިނުމަށް މިހާރު ބޭނުންކުރާ ޖަނަރޭޓަރުތައް -- ފޮޓޯ: މަޑުއްވަރީ ކައުންސިލް އިދާރާ
މ. މަޑުއްވަރީގައި ކަރަންޓްގެ ހިދުމަތް ދިނުމަށް މިހާރު ބޭނުންކުރާ ޖަނަރޭޓަރުތައް — ފޮޓޯ: މަޑުއްވަރީ ކައުންސިލް އިދާރާ

”ކަރަންޓް ކެނޑޭތީ ރަށުގައި ހުރި ދައުލަތުގެ މުއައްސަސާތަކުގެ ހިދުމަތް ދޭތެރެ ދޭތެރެއިން އެބަ މެދު ކެނޑޭ، ވިޔަފާރިވެރިން ގެންގުޅޭ އަގުބޮޑު އިލެކްޓްރޯނިކް ސާމާނު އެބަ ހަލާކުވޭ“ މަހާސިން ވިދާޅުވި އެވެ.

ކަން މިހެން ހުރުމުން ރަށުގެ ސިއްހީ މަރުކަޒުން ބަލިމީހުންނަށް ހިދުމަތް ދިނުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން މަހާސިން ހާއްސަ ގޮތެއްގައި ފާހަގަކުރެއްވި އެވެ. އެގޮތުން ކަރަންޓް ކެނޑުމުން މަރުކަޒު ތެރޭގައި ހޫނު ގަދަވުމުން މަރުކަޒު ގޯތިތެރޭގައި ހުންނަ ގަހެއްގެ ހިޔަލުގައި ބަލިމީހުން ބަލަން ޑޮކްޓަރު އިންނަ މަންޒަރަކީ އާއްމު މަންޒަރެއްކަމުގައިވެސް މަހާސިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލަ ހައްލުކޮށްދިނުމަށްއެދި ފެނަކައާއި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއެއްގައި ތަކުރާރުކޮށް އެދިފައިވާނެ ކަމަށާއި އެހެންނަމަވެސް މިކަން ހައްލުކުރަން އެކަށީގެންވާ އަމަލީ އެއްވެސް މަސައްކަތެއް ކުރެވެމުންދާ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކަރަންޓް ކެނޑޭތީ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ޝަކުވާ ކުރަމުން އަންނަ ކަމަށާއި އަދި އެ ޝަކުވާތައްވެސް ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކުރަމުން އަންނަ ކަމަށްވެސް މަހާސިން ވިދާޅުވި އެވެ.

މ. މަޑުއްވަރީގައި ކަރަންޓްގެ ހިދުމަތް ދިނުމަށް އަލަށް އިމާރާތްކޮށްފައިވާ އިންޖީނުގެ -- ފޮޓޯ: މަޑުއްވަރީ ކައުންސިލް އިދާރާ
މ. މަޑުއްވަރީގައި ކަރަންޓްގެ ހިދުމަތް ދިނުމަށް އަލަށް އިމާރާތްކޮށްފައިވާ އިންޖީނުގެ — ފޮޓޯ: މަޑުއްވަރީ ކައުންސިލް އިދާރާ

މަހާސިން އިތުރަށް ވިދާޅުވީ ފެނަކައިގެ އިންޖީނުގެ ހުންނަނީ ރަށުގައި މީހުން އުޅޭ ސަރަހައްދެއްގައި ކަށްވުމުން އެ ސަރަހައްދުން ދުރަށް އިންޖީނުގެ ބަދަލުކުރުމަށް ކޯޓު އަމުރެއް ނެރެފައިޥާކަމަށާއި އަދި ފެނަކައިން އިންޖީނުގެ ހިންގަން އާ އިމާރާތެއް ހަދާފައިވީނަމަވެސް އެ އިންޖީނުގެއިން ހިދުމަތްދޭން ނުފަށާ ކަމަށް މަހާސިން ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *