މި އަހަރުގެ މެއި 21 ވަނަ ދުވަހު ބޭއްވި ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވި މީހުންނަށް ސެޓްފިކެޓް ދޫކުރަން ފަށައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ސެޓުފިކެޓު 2016 އޮކްޓޫބަރު 03 ވާ ހޯމަ ދުވަހުން ފެށިގެން 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ޑިޕާޓްމަންޓުންނާއި އެ ކެންޑިޑޭޓަކު އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކުން ދޫކުރާނެ ކަމަށެވެ. ސެޓުފިކެޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 ން 13:30 އަށް ކަމަށެވެ.
އެ ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސެޓުފިކެޓާ ޙަވާލުވުމަށް އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުން އެދޭ ކަމަށާއި، ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ހަވާލުވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެ ކަމަށާއި އަދި ސެންޓަރުތަކުގެ ސެޓުފިކެޓު ޙަވާލުކުރެވޭނީ ސެންޓަރުގެ ލިޔުމަކާއި، ހަވާލުވާން އަންނަ މީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމުން ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެ އެވެ.