އިންތިހާބުތަކަށް ރައްޔިތުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ބޭނުންވާ ’ސިވިކް އެންޑް ވޯޓާ އެޑިއުކޭޝަން ސްޓްރެޓެޖީ‘ އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން، ގުޅުންހުރި ދާއިރާތަކުގެ މަޝްވަރާ ހޯދުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވު ސްޓްރެޓެޖީ އަކީ 2017 ން 2019 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ހިންގާ ސިވިކް އެންޑް ވޯޓާ އެޑިއުކޭޝަން ޕްރޮގްރާމްތަށް ހިންގާނެ ގޮތުގެ ދުރު ރާސްތާ ޕްލޭން ކަމަށެވެ. އެ ޕްލޭންގެ މައިގަނޑު އަމާޒަކީ ޑިމޮކްރެޓިކް ވެރިކަމުގެ އުސޫލްތަކާއި ގޮތްތައް އަށަގެންނެވުމާއި، ޑިމޮކްރެޓިކް ވެރިކަން އެބައެއްގެ ކިބައިން ފެށިގެން އަންނަ ރައްޔިތުންގެ މެދުގައި ޑިމޮކްރަސީގެ އަސާސްތަކާއި ”މަބްދައުތަކަށް“ ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ވޯޓްލުމާއި އިންތިހާބުތަކާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުކޮށް ސިވިކް އެންޑް ވޯޓާ އެޑިއުކޭޝަން ޕްރޮގްރާމްތަށް މިހާރަށް ވުރެ ހަރުދަނާކުރުމަކީ ޕްލޭނުްގެ އަމާޒެއް ކަމަށެވެ. އަދި ގުޅުން ހުރި ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް ކަނޑައެޅޭ ސްޓްރެޓީޖިކް އަމާޒުތަކަކަށް ބިނާކޮށްގެން ޕްރޮގްރާމްތައް އިންތިޒާމްކުރެވިދާނެ ގޮތްތައް ދެނެގަތުމަކީ ވެސް އެ ޕްލޭންގެ މައިގަނޑު އަމާޒެއް ކަމަށެވެ.
އިއްޔެ ކުރިއަށް ގެންދިޔަ އެ މަޝްވަރާ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ދައުލަތުގެ މިނިވަން މުއައްސަސާތަކުން ބައިވެރިވެފައިވެ އެވެ.