ފޮޓޯ: އޭޖީ އޮފީސް
ފޮޓޯ: އޭޖީ އޮފީސް

ޖޭއެސްސީއަށް ގާނޫނީ ވަކީލަކު އައްޔަން ކުރަން ބާއްވާ އިންތިހާބު 71 އެއް ރަށެއްގައި

ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ބާއްވާ އިންތިހާބު 71 ރަށެއްގައި އޮންނާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އޭޖީ އޮފީހުން ބުނީ، މާލެ ފިޔަވާ އަތޮޅުތަކުން ވޯޓުލުމުގެ ހައްގުލިބިފައިވާ 102 ގާނޫނީ ވަކީލަކު މި އިންތިހާބުގައި ވޯޓުލާނެ ކަމަށެވެ. އޭގެތެރެއިން އެންމެ ގިނައިން އެއް ރަށަކުން ވޯޓުލަނީ އައްޑޫ ސިޓީ ހިތަދޫއިން ނެވެ. އެއީ ނުވަ މީހުންނެވެ.

ޖޭއެސްސީއަށް ގާނޫނީ ވަކީލަކު އައްޔަން ކުރުމަށް ބާއްވާ އިންތިޚާބު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ވެލާނާގޭ ދެ ވަނަ ފަންގިފިލާގައި އެވެ. އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

މި އިންތިޚާބުގައި ފަސް ގާނޫނީ ވަކީލަކު ވާދަ ކުރައްވަ އެވެ. އެއީ ޤާނޫނީ ވަކީލު ރުޝްދުﷲ އިބްރާހީމާއި އަނަސް އަބްދުއް ސައްތާރާއި، މުހައްމަދު ފައިސަލްގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި ކުރީގެ ޖޭއެސްސީގެ މެންބަރު ލަތީފާ ޤާސިމް އެވެ.

އޭޖީ އޮފީހުން ވަނީ މިދިޔަ ޖުލައި މަހުވެސް މި އިންތިޚާބު ބޭއްވުމަށް މަސައްކަތް ކޮށްފައި އެވެ. އެހެން ނަމަވެސް އެ ފަހަރު އިންތިޚާބު ބޭއްވޭ ގޮތް ނުވީ، އޭޖީ އޮފީހުން އެ އިންތިޚާބުގެ ރެޖިސްޓްރޭޝަން ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ އިންތިޚާބާއި ބެހޭ އުސޫލާއި ޚިލާފަށް ކަމަށް ކޯޓުން ހުކުމް ކުރުމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *