މި މަހުގެ މެދުތެރޭގައި ބޮލީވުޑްގައި އެއްމެ ބޮޑު އެއް ހަބަރަކަށްވީ މަޝްހޫރު ބަތަލާ ވިދްޔާ ބާލަން އަށް ޑެންގޫ ހުން ޖެހުނު ވާހަކަ އެވެ. އަދި ވިދްޔާ ބާލަންގެ އެޕާޓްމެންޓާއި ޖެހިގެން ހުންނަ، ޝާހިދު ކަޕޫރުގެ އެޕާޓްމެންޓްގައިވާ ފަތާ ފެންގަނޑުން މަދިރި ފަނި ފެނުމުން އޭނާ ޖޫރިމަނާ ކުރި ވާހަކައަކީވެސް މި މަސްތެރޭގައި ބޮލީވުޑް ހަބަރުތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ހަބަރެކެވެ.
މި ފަހަރު ސުޝްމިތާ ސެން އަށްވެސް މި ޖެހުނީ ޝާހިދު ކަޕޫރަށް ޖެހުނު ހާލެވެ. މުމްބައިގައި ސުޝްމިތާ ސެން ދިރިއުޅޭ އެޕާޓްމެންޓްގައި މަދިރިފަނި އާލާވާގޮތަށް ކަންކަން ހުރި ކަމަށްބުނެ އިންޑިއާގެ ބްރިހަންމުމްބައި މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން މިވަނީ ސުޝްމިތާ ޖޫރިމަނާ ކޮށްފަ އެވެ.
ސުޝްމިތާ ސެން ޖޫރިމަނާ ކުރީ ބީއެމްސީން ކުރިއަށްގެންދިޔަ އިންސްޕެކްޝަނަކަށްފަހު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.އިންޑިއާގެ ގާނޫނު ބުނާގޮތުން މަދިރި އާލާވާގޮތަށް ކަންކަން ހުރި ނަމަ 10000 ރުޕީސް އާއި ހަމައަށް ޖޫރިމަނާ ކުރެވެ އެވެ.
One Response
ވިލިފުށި ދާއިރާގެ އިއްޒަތްތެރި މެމްބަރަށް
އެހެންކަމުން އަވަހަށް މަޖިލިސްއަަށް ”މަދިރި ފަނި އުފެދި އާލާވާތީ ކުރާ ޖޫރިމަނާ ބިލް “ ހުށައަޅުއްވާ ފާސްކުރައްވާ. ދައުލަތުގެ ބަޖެޓަށް މިލިއަނުން ފައިސާ ލިބޭނެކަމެއް.