އައިއެންއައިއޭއިން މިއަދު ދެ ފަހަރު ކަރަންޓު ކެނޑުނު -- ފޮޓޯ: ހައްޖު ކޯޕަރޭޝަން
އައިއެންއައިއޭއިން މިއަދު ދެ ފަހަރު ކަރަންޓު ކެނޑުނު -- ފޮޓޯ: ހައްޖު ކޯޕަރޭޝަން

އައިއެންއައިއޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ކެނޑިފަ ހުންނަތާ ތިން ގަޑިއިރު

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައި ހުންނަތާ ތިން ގަޑި އިރަށްވުރެ ގިނަ އިރުވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެމުން އެމްއޭސީއެލްގެ މުވައްޒަފަކު ބުނީ މިއަދު ފުރަތަމަ ކަރަންޓު ދިޔައީ ހެނދުނު 09:45 ހާއިރު ކަމަށާއި އެފަހަރު އިރުކޮޅެއް ފަހުން ކަރަންޓު އައި ކަމަށެވެ. އަދި ދެވަަނަ ފަހަރު ކަރަންޓު ދިޔައީ މެންދުރު 12:30 އެހާއިރު ކަމަށެވެ.

ދެވަނަ ފަހަރު ވެސް އިއުކޮޅެއް ފަހުން ކަރަންޓު އައި ނަމަވެސް ކަރަންޓު ދީފައިވަނީ ބައެއް ސަރަހައްދުތަކަށެވެ. އޭނާ ބުނީ ކަރަންޓު ދީފައިވަނީ އާންމު ހިދުމަތްތަކާއި ގުޅުން ހުރި ހިސާބު ތަކަށެވެ. ކަރަންޓު ކެނޑުނު ދެ ގަޑީގައިވެސް ހިދުމަތްތައް ހުއްޓުނުކަމަށާއި މިހާރު އެއްވެސް ދަތިކަމެއް ނެތި ހިދުމަތްތައް ދެމުން ދާ ކަމަށް ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގތުގައި އައިއެންއައިއޭއިން ކަރަންޓު ގޮސްފައިވަނީ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *