ށ. ނަރުދޫގައި ގެއެއްގެ ފާރެއް ތަޅަން އުޅުމުގެ ތެރޭގައި ފާރުގެ ބައެއް ވެއްޓި އެކަކު މަރުވެ އިތުރު ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
މިކަން ނަރުދޫ ކައުންސިލުގެ ރައީސް ޝަފީގު ވަނީ ދުވަހަށް ކަށަވަރުކޮށްދެއްވާފައި އެވެ. މިހާދިސާގައި މަރުވެފައިވަނީ އެ ރަށުއިރުމަތީގޭ އަހުމަދު މުފީދު، 58 އެވެ.
އޭނާ ވިދާޅުވީ އެކަން ހިނގާފައިވަނީ މިއަދު ހެނދުނު ނުވައެއް ޖަހާ އެހާއިރު ކަމަށެވެ. މިހާދިސާގައި މަރުވި މުފީދު ވަގުތުން މަރުވެފަިއވާއިރު އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ހާލު ވަރަށް ސީރިއަސް ކަމަށާއި އިތުރު ފަރުވާއަށް އެމީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ޝަފީގު ވިދާޅުވި އެވެ.
ތިން ވަނަ މީހާއަށްވެސް ކޮންމެސް ވަރެއްގެ އަނިޔާއެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާދިސާ ހިނގާފައިވަނީ ގެއެއް ރޭނުމަށްޓަކައި މާ އިމާރާތުގެ ފާރު ތަޅަނިކޮށެވެ.