ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް - ފައިލް ފޮޓޯ
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް - ފައިލް ފޮޓޯ

ފަތުރުވެރިންގެ އަދަދު އިތުރު ކޮށްދެއްވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ދިވެހި ރާއްޖެއަށް ދަތުރު ކުރަމުންދާ ފަތުރުވެރިންގެ އަދަދު އިތުރު ކޮށްދެއްވުމަށާއި އެގޮތުން ފަތުރުވެރި ކަމުގެ ވަސީލަތްތަށް ތަރައްޤީ ކުރުމަށް އެޚިދްމަތްދޭ ފަރާތްތަކަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ފަތުރުވެރިކަމުގެ ޖަމިއްޔާއިން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވާ ”ފަތުރުވެރިކަން – އެންމެނަށް ވާސިލުވެވޭ ގޮތަށް ކުރިއެރުވުން“ މި ޝިއާރަކީ ފަތުރުވެރިކަން ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ސިޔާސަތާ ވަރަށް ގުޅުން ހުރި ޝިއާރެއް ކަމަށާއި އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތަކީ ހަރުދަނާ ސިޔާސަތެއް ކަމުގައި ގަބޫލުކުރެވޭ ކަމަށެވެ.

މީގެ އިތުރުން ފަތުރުވެރިކަން ފޯރުކޮށްދިނުމުގައި އެންމެނަށް ފަހި މާހައުލެއް ގާއިމުކުރުމުގެ ވާހަކަދައްކާއިރު ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ފުޅާ ދާއިރާއެއްގައި ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މިއަހަރު ހަަތަރު ރިޒޯޓެއް ހުޅުވާފައިވާއިރު އިތުރު ނުވަ ރިސޯޓެއް މިއަހަރު ނިމުމުގެ ކުރިން ހުޅުވިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވިއެވެ. އަދި މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާ ކުރުމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އަދި ރަސްމީ އެއަރޕޯޓު ކަމަށްވާ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓު ވެސް އިތުރަށް ތަރައްޤި ކުރުމަށްާތކައި، އެއާޕޯޓުގެ ވަކި ސަރަޙައްދެއްގެ ބިންހިއްކުމުގެ މަޝްރޫޢު ޖުލައި 25 ވަނަ ދުވަހު ފެށިފައިވާކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *