ސައުދީ ކުޑަކުއްޖަކު މަރާލި ނޯކަރަކު ދަންޖައްސައިފި

ސައުދީއަރަބިއާގައި އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު މަރާލި ނޯކަރަކު ދަންޖައްސާ މަރާލައިފި އެވެ.

ޒަމްޒަމް އަބްދުﷲ ބޫރައިކް ނަމަކަށްކިޔާ އިތިއޮޕިއާއަށް ނިސްބަތްވާ މި ނޯކަރު ވަނީ އޭނާގެ ސާހިބު މީހާގެ ދަރި، އުމުރުން ހަ އަހަރުގެ ލަމީސް ބިންތް މުހައްމަދު އަލް ސަލްމާން މަރާލާފަ އެވެ. އެ ކުޑަކުއްޖާ މަރާލާފައި އޮތީ ކަރު ބުރި ކޮށްލައިގެންނެވެ.

ސައުދީ ނޫސްތަކުގައިވާގޮތުން ޒަމްޒަމް އެ ކުޑަކުއްޖާ މަރާލީ ބަދިގެ ތެރޭގައި ގެންގުޅޭ ވަޅިއަކުން ކަރު ކަފާލުމަށްފަހު ނޭވާ ހުސްވަންދެން ފާހާނާ ތެރޭގައި ބާއްވައިގެންނެވެ. އެއީ 2013 ހިނގާފައިވާ ކަމެކެވެ.

ނޯކަރު މީހާ މަރަން ކޯޓުން ހުކުމް ކުރީ އުމުރުން 26 އަހަރުގެ އެ ނޯކަރު މީހާ އެކަމަށް އެއްބަސް ވުމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *