ބޮލީވުޑް މެގަ ސްޓާރ ސަލްމާން ޚާން ދެން އެއްމެ އަވަހަށް ކުޅޭނީ ނެށުމަށް ހާއްސަ ފިލްމެއްކަން ކަށަވަރުވެފައިވާކަމަށް ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ ބޮލީވުޑް ލައިފް އިން ބުނެފި އެވެ.
މި ފަހަކަށް އައިސް ސަލްމާން ކުލެފައިވާ ފިލްމުތަކަށް ބަލާއިރު، ވޯންޓެޑް، ދަބަންގް، ކިކް، ރެޑީ އަކީ އެއް ސްޓައިލެއްގެ އެކްޝަން ފިލްމުތަކެވެ. ބޮލީވުޑް ލައިފްގައިވާގޮތުން ނެށުމަށް ހާއްސަ ފިލްމަކުން ސަލްމާން ފެނިގެން ދިއުން ވެގެންދާނީ ބޮލީވުޑްގައި ހިނގާނެ އެއްމެ ތަފާތު އެއް ކަންތަކަށެވެ.
ސަލްމާން ދެން ކުޅޭނެ ކަމަށް ބެލެވޭ ނެށުމަށް ހާއްސަ ފިލްމާބެހޭ އެއްވެސް ތަފްސީލެއް އަދި އެއްވެސް ވާހަކައެއްވެސް ރަސްމީކޮށް އަދި ފެންމަތިވެފައެއް ނުވެ އެވެ. ނަމަވެސް ބޮލީވުޑްގައި ނެށުމަށް ހާއްސަ ފިލްމެއް ހަދާނަމަ އެ ފިލްމެއް ޑައިރެކްޓް ކުރާނީ ޕްރަބޫ ދޭވާ ނުވަތަ ރެމޯ ޑެސޫޒާ ކަމަށް ބެލެވެ އެވެ.