ގޫގަލްއިން މާކެޓަށް ނެރެން ތައްޔާރުވަމުން އަންނަ އައު ސްމާޓްފޯނަށް ކިޔާނެ ނަމަކީ ”ޕިކްސެލް“ ކަމުގައި ގިނަ ބަޔަކު ބުނަމުން އަންނައިރު މި ފޯނު ލޯންޗުކުރަން ހަފްތާއަކަށް ވެފައިވަނިކޮށް ފޯނުގެ ފޮޓޯއެއް ލީކު ވެއްޖެ އެވެ.
މި ފޮޓޯ ލިބިފައިވަނީ ޓެކްނޮލޮޖީ ހަބަރުތަކާއި އިވެންޓްތައް ގެނެސްދޭ ނޫހެއް ކަމަށްވާ ”ވެންޗަރ ބީޓް“ އަށެވެ.
ގޫގަލް އިން މި ސްމާޓް ފޯނު މާކެޓަށް ނެރުމާއެކު އެ ކުންފުނީގެ ސްމާޓްފޯނު ފްލެގްޝިޕް ނެކްސަސް އަށް ނިމުމެއް އަންނާނެ ކަމަށް ބެލެވޭއިރު އަލަށް ނެރެން އުޅޭ ފޯނުގެ އަގެއް ކަމަށް އަންދާޒާ ކުރެވެނީ 649 ޑޮލަރެވެ.
މި އަންދާޒާކޮށްފައިވަނީ ޓެކްނޮލޮޖީގެ ހަބަރުތަކާއި ރިވިއުތައް ގެނެސްދޭ ނޫހެއް ކަމަށްވާ ”އެންޑްރޮއިޑް ޕޮލިސް“ ގަ އެވެ. އޭގައި ވާގިތުން ގޫގަލް ޕިކްސެލްގެ ދެ ސައިޒެއްގެ ފޯނު މާކެޓަށް ނެރޭނެކަމަށް ބެލެވެ އެވެ. އެއީ ޑިސްޕްލޭގައި 5 އިންޗި ހުންނަ ”ޕިކްސެލް އެކްސް“ އަދި ޑިސްޕްލޭގައި 5.5 އިންޗި ހުންނަ ”ޕިކްސެލް އެކްސް އެލް“ އެވެ.