ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފި

ހުޅުމާލެއިން ގިނައަދަދެއްގެ ބަނގުރާ އަތުލައިގެންފިއެވެ.

ފުލުހުން ބުނީ މި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު 20:45 ހާއިރު ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ފުލުހުން ހުޅުމާލެ ސިނާއީ ސަރަހައްދުގައި ޕެޓްރޯލްކުރަމުންދަނިކޮށް ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގެ ދެކުނުން އޮންނަ ގަސްގަނޑު ތެރޭގައި ބާއްވާފައި އޮތް ދަބަހެއްގެ ތެރެއިން  8 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

އަދި  ޑިސެމްބަރ 25 ވަނަ ދުވަހުގެރޭ 00:32 ހާއިރު ހުޅުމާލެ ސިނާއީ ސަރަހައްދުގައި ޕެޓްރޯލް ކުރަމުންދަނިކޮށް ހުޅުމާލެ ސުނާމީޖެޓީ ކައިރީގައި ކަރުދާސް ފޮށިގަނޑެއް ބަހައްޓާފައި ހުރިތަން ފެނިގެން އެފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އެ ފޮށިގަނޑުގެ ތެރެއިން 48 ދަޅު (2 ކޭސް)  ބިޔަރު ވަނީ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން ހުޅުމާލެ ސިނާޢީ ސަރަޙައްދު ޕެޓްރޯލްކުރަމުން ދަނިކޮށް މި ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެރޭ 01:25 ހާއިރު  ސުނާމީޖެޓީގެ އިރުމަތީފަރާތު ގަސްތަކުގެ ތެރޭގައި ދަބަހެއް އަޅުވާއިގެން ހުރި ބިދޭސީއެއްގެ ޢަމަލުތައް ހުރި ގޮތުން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑާއި ދަބަސް ބަލައިފާސްކުރިއިރު 2 ފުޅި ބަނގުރާ ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *