ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމާއި އަދި ނަޒާހަތްތެރިކަން ކުރިއެރުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން އައްޑޫ ސިޓީގައި ހިންގަން ފަށައިފިއެވެ.
އައްޑޫ ސިޓީގައި ހުންނަ ދައުލަތުގެ މުއައްސަސާގެ މުވައްޒަފުންނަށް އަމާޒުކޮށް ހިންގަމުން ގެންދާ ތަމްރީން ޕްރޮގްރާމްތަކުގެ ފުރަތަމަ ވޯކްޝޮޕް ބޭއްވުނީ 23 ސެޕްޓެންބަރު ވީ ހުކުރު ދުވަހުއެވެ. އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫގެ މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ޚާއްޞަކުރެވުނު މި ވޯކްޝޮޕްގައި ޖުމްލަ 24 މުވައްޒަފުން ބައިވެރިވިއެވެ. އަދި 24 ސެޕްޓެންބަރުގައި ހިތަދޫގައި މަސައްކަތް ކުރައްވާ ދައުލަތުގެ މުވައްޒަފުންނަށް ހިންގި ވޯކްޝޮޕްގައި 51 ފަރާތަކުން ބައިވެރިވި ކަމުގައި އޭސީސީން ހާމަކުރެ އެވެ.
އޭސީސީން ހާމަކުރާގޮތުގައި މި ވޯކްޝޮޕްގައި ނަޒާހަތްތެރިކަމާއި، އެންޓި-ކޮރަޕްޝަނާ ގުޅޭ މޮޑިއުލްތައް ހުށަހަޅައިދެވުނެވެ. މީގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު، ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު އަދި ކޮރަޕްޝަން ވިޔަނުދިނުމަށް ކުރެވިދާނެ ކަންތައްތައް ހިމެނޭ ކަމަށާއި އަދި މީގެ އިތުރުން ޕްރޮކިޔުމެންޓްގެ މަސައްކަތް އެންމެ ރަނގަޅު ގޮތުގައި ގެންދާނެ ގޮތާއި ބިޑް އިވަލުއޭޓް ކުރާނެގޮތް މި ވޯޝޮޕްގައި ބުނެދެވުނު ކަމުގައިވެސް އޭސީސީ އިން ހާމަކުރެ އެވެ.