ސާރކްގެ އެންޓި ކޮރަޕްޝަން ސެމިނަރގައި ރާއްޖެއިން ބައިވެރިވެއްޖެ

ޕާކިސްތާންގެ ނެޝަނަލް އެކައުންޓަބިލިޓީ ބިއުރޯގެ ފަރާތުން ބާއްވާ “ސާރކް ނޭޝަންސް ސެމިނަރ އޮން އެންޓި-ކޮރަޕްޝަން”ގައި ރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރި ވެއްޖެއެވެ.

26 ސެޕްޓެންބަރު 2016 އިން 27 ސެޕްޓެންބަރު 2016 އަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި މި ސެމިނާގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެލެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއާއި ކޮމިޝަނުގެ ނާއިބުރައީސް އަލްއުސްތާޛް މުޢައްވިޒް ރަޝީދެވެ.

ސާރކު ޤައުމުތަކުގައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ އެޖެންސީ ތަކުގެ ވެރިން ބައިވެރިވެލައްވާ މި ސެމިނަރއަކީ ސައުތް އޭޝިއާގެ ޤައުމުތަކުގައި ހިނގާ ކޮރަޕްޝަންގެ އަމަލުތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބުތަކާއި، އެކަންތައްތައް ހުއްޓުވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި، އަދި ކޮރަޕްޝަނާއި ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުމަށްޓަކައި އެކިއެކި ޤައުމުތަކުން ކުރަމުންގެންދާ މަސައްކަތްތަކާމެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ބޭއްވޭ ބައްދަލުވުމެއް ކަމަށާއި މި ސެމިނަރއަކީ ސަރކްގެ ޤައުމުތަކުން އިސްނަގައިގެން ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުން ކަމުގައި އޭސީސީ އިން ހާމަކުރެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *