ގާސިމް އަބްދުލް ހަކީމް -- ފޮޓޯ:  ސޯޝަލް މީޑިއާ
ގާސިމް އަބްދުލް ހަކީމް -- ފޮޓޯ: ސޯޝަލް މީޑިއާ

ގާޒީ ޗުއްޓީގައި ހުރުމުން ގާސިމަށް ހުކުމް ކުރުން ކެންސަލްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ބޭންކުގެ ފ. ނިލަންދޫ ބްރާންޗްގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމްގެ މައްޗަށް ހުކުމް ކުރުން ފަސްކޮށްފި އެވެ.

ހުކުމް ކުރަަން ކުރިން ތާވަލް ކޮށްފައި އޮތީ މިއަދު 11:30 ށެވެ. ދެން މި މައްސަލައިގެ ހުކުމް ކުރާނެ ދުވަހެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.

އެ ކޯޓުގެ މީޑިއާ އޮފިސަރު ވިދާޅުވީ ގާސިމަށް ހުކުމް ކުރުން ކެންސަލް ކުރަން ޖެހުނީ މައްސަލަ ބައްލަވާ ގާޒީ ޗުއްޓީގައި ހުރުމުން ކަމަށެވެ.

ޕީޖީ އޮފީހުގެ އެދުމުގެ މަތިން ސިއްރުކޮށްގެން ގާސިމްގެ ޝަރީއަތްތައް ކުރިޔަށް ގެންދާއިރު އޭނާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ހުއްދަނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރުމުގެ ދައުވާ އެވެ.

މި މައްސަލައިގަ ގާސިމް ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. އޭނާގެ މައްޗަށް ދައުވާ ކުރުމާއި ގުޅިގެން ބަޔަކު ވަނީ އޭނާ ދޫކޮށްލުމަށް ގޮވާލާ ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށާފައި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *