ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭފައި އިންޑިއާގައި 25 މިލިޔަން ފާހާނާ ހެދިފައި ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ވެރިކަމަށް ނަރެންދުރަ މޯދީ އައިސް އެއްމެ ފުރަތަމަ އިއުލާނު ކުރެއްވި އެއް ވައުދަކީ ”ސްވަސްތު ބާރަތު“ ނަމުގައި އިންޑިއާ ސާފުތާހިރު ތަނަކަށް ހެދުމުގެ ވައުދެވެ. އިންޑިއާގައި ޖެހުނުތާކަށް ފާހާނާއަށް ދިއުމަކީ އާއްމު ކަމަކަށްވެފައިވާއިރު މޯދީގެ ވައުދުގެ ދަށުން ގިނަ ސަރަހައްދުތަކެއްގައި 25 މިލިޔަން ފާހާނާ މިވަނީ ހަދާފަ އެވެ.
މޯދީ ވިދާޅުވެފައިވަނީ އެ ކެމްޕޭނުގެ ދަށުން މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށްދާކަމަށާއި އެގޮތުން ސާފުތާހިރުކަމަށް އިންޑިއާގެ ރައްޔިތުން ދޭ ސަމާލުކަން އިންތިހާއަށް އިތުރުވެފައިވާކަމުގައި މޯދީ ވިދާޅުވި އެވެ.
މޯދީ ވިދާޅުވީ މިހާތަނަށް 25 މިލިޔަން ފާހާނާ ހަދާފައިވާއިރު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިތުރު 15 މިލިޔަން ފާހާނާ ހަދާނެ ކަމަށެވެ.