ސުޕަ ޑާންސް ސެޓްގައި ޝިލްޕާ ޝެޓީއަށް ރޮވިއްޖެ !

ސޮނީ ޓީވީން ދައްކަމުން އަންނަ ރިއަލިޓީ ޝޯ، ”ސުޕަ ޑާންސް“ ގެ ސެޓްގައި އެ ޝޯގެ ޖަޖް އަދި ބޮލީވުޑް ތަރި ޝިލްޕާ ޝެޓީއަށް ރޮވިއްޖެ އެވެ.

ޝިލްޕާ އަށް ރޮވުނީ އެ ޝޯގައި ނެށުމުގެ ހުނަރު ދައްކާލި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ނެށުން ބެލުމަށް ފަހުގަ އެވެ.

އެ ނެށުމަށް ތައުރީފް ކުރަމުން ޝިލްޕާ ބުނީ އޭނާ ވިހަން އުޅުނު އިރު ލޭ އަންނާތީ ދަރިފުޅު ސަލާމަތް ނުވާނެ ކަން އޭނާގެ މަންމަ ގާތު ޑޮކްޓަރުން ބުނި ކަމަށެވެ. އަދި އުފަންވާއިރު ޝިލްޕާ ވާނީ ހާއްސައެހީއަށް ބޭނުންވާ މީހެއް ކަމަށް ޑޮކްޓަރު އޭނާގެ މަންމަގެ ގާތުގައި ބުނި ކަމަށް ޝިލްޕާ ބުންޏެވެ.

”ނަމަވެސް އަހަރެންގެ މަންމަ ހިތްވަރު ކުރި، ހާލަތާ ކުރިމަތި ލި، އަދި އަހަރެން އުފަން ކުރުވަން ނިންމި“ އެ ޝޯގައި ޝިލްޕާ ބުންޏެވެ.

ޝޯގައި ޝިލްޕާ ރޮއްވާލި ހުށަހެޅުން ހުށަހަޅާދިނީ އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ އުމުރުން 9 އަހަރުގެ ދޭވް ވަޝްނޭ ކިޔާ ކުއްޖެކެވެ. އެކުއްޖާ ވިހޭ އިރުވެސް ފައި އުފެދިފައި ހުންނަ ގޮތުން ހިނގާބިނގާވެ އުޅެން އުދަގުލެވެ. ނަމަވެސް ސްޓޭޖްމަތީގައި އެ ކުއްޖާ ހުށަހަޅާދިން ހުށަހެޅުމުން ޖަޖުން ތިބީ ހައިރާން ވެފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *