ކޮންމެ ގަޑިއެއްގެ ކެއުމުގައި ހިމަނަންޖެހޭ ރަހަތަކަކީ ހަށިގަނޑަށް އޭގެން ފައިދާ ކުރާނެ ރަހަތަކެއް --
ކޮންމެ ގަޑިއެއްގެ ކެއުމުގައި ހިމަނަންޖެހޭ ރަހަތަކަކީ ހަށިގަނޑަށް އޭގެން ފައިދާ ކުރާނެ ރަހަތަކެއް --

ކޮންމެ ގަޑިއެއްގެ ކެއުމުގައި ހިމަނަން ޖެހޭ މުހިންމު ފަސް ރަހަ!

ތަރުކާރީ އާއި މޭވާ އަދި ތަފާތު ވައްތަރުގެ ފަތްޕިލާވެއްޔަކީ ހަށިގަނޑަށް އެކި ގޮތްގޮތުން ފައިދާ ކުރާ ބާވަތްތަކެވެ. ޒަމާނަށް އަންނަމުންދާ ބަލާއި އެކު ހަށިގަނޑު ރަނގަޅު ރީތި ބައްޓަމެއްގައި ހުރުމަކީ ކޮންމެ މީހަކުވެސް ސަމާލުކަން ދޭ ކަމެކެވެ.

ހަށިގަނޑު ރަނގަޅު ރީތި ބައްޓަމަކަށް ހުރުމަށް ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަކީ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެކެވެ. އެގޮތުން ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގައި ހުރުމަށް ހުރިހާ ގަޑިއެއްގައި ކާއިރު ހިމަނަން ވަރަށް މުހިންމު ފަސް ރަހައެއް ވެ އެވެ.

ތިރީގައި އެ ވަނީ އެ  ފަސް ރަހަ އާއި އެ ރަހަތަކުން ހަށިގަނޑާއި ގުނަވަންތަކަށް ކުރާ ފައިދާ އެވެ.

ލޮނުރަހަ:

ލޮނު ރަހައިގެ ސަބަބުން ކިޑްނީ އާއި ބްލެޑާ އަށް ފައިދާވޭ --
ލޮނު ރަހައިގެ ސަބަބުން ކިޑްނީ އާއި ބްލެޑާ އަށް ފައިދާވޭ —

ލޮނު ރަހައަކީ ހަށިގަނޑަށް ބޭނުންވާ ފެން ބޭނުންވާ ވަގުގައި ފޯރުކޮށްދޭން އެހީވެދޭ ރަހައެކެވެ. ހާއްސަކޮށް ފިނި ދުވަސްވަރުގައި ލޮނު ކާއެއްޗެހި ކެއުމުން ހޫނު ގަދަވާ ދުވަސްވަރު ކިޑްނީ އަށާއި ކުޑަކަމުދާ ނިޒާމަށް ބޭނުންވާ ފެން ފޯރުކޮށްދެ އެވެ. ލޮނުގެ ގޮތުގައި ކާންޖެހެނީ ޕެކެޓު ލޮނު އެކަންޏެއް ނޫނެވެ. މޫދު ލޮނުވެސް ހަމަ އެންމެ ރަނގަޅެވެ. އަދި ލޮނު ރަހަ ބޮޑަށް އެކުލެވޭ ކާނާވެސް ރަނގަޅެވެ.

ތަފާތު ރަހަގަ ގަދަ ފަތްޕިލާވެލި:

ރަހަ ގަދަ ފަތްޕިލާވެލި ބޭނުން ކުރުމުން
ރަހަ ގަދަ ފަތްޕިލާވެލި ބޭނުން ކުރުމުން

ތަފާތު ވައްތަރުގެ ފަތްޕިލާވެއްޔާއި ހަށިގަނޑަށް ފައިދާ ހުރި ތަފާތު ވައްތަރުގެ ތަރުކާރީ އޮށަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗިއްސެވެ. ރަހަގަދަ ފަތްޕިލާވެލިން ހިތުގެ ބަލިތަކަށް ފަރުވާލިބޭއިރު ހަށިގަނޑުގައި ހުންނަ ކުދި ކުދިން މައްސަލަތައް ހައްލުވެ ގުނަވަންތައް ވަރުގަދަ ކޮށްދެއެވެ.

ފޮނި ރަހަ:

ފޮނި ރަހަ ހިމަނައިގެން ކެއުމުން ބަނޑުގެ މައްސަލަތަކަށް ހައްލު ލިބޭ --
ފޮނި ރަހަ ހިމަނައިގެން ކެއުމުން ބަނޑުގެ މައްސަލަތަކަށް ހައްލު ލިބޭ —

ފޮނި ރަހަ ހަށިގަނޑަށް ފޮނުވުމަށް ކާން ޖެހެނީ ހަމަ އެކަނި ހަކުރެއް ނޫނެވެ. ހަކުރު އަޅައިގެން ފާޑު ފާޑުގެ އެއްޗިއްސެއް ނޫނެވެ. ކެރެޓް، ކެބެޖު އަދި އަލުވި ކަހަލަ އެއްޗެހި ފެނު ކައްކާލައިގެން ކެއުމުންވެސް  ފޮނި ރަހަ ހަށިގނޑަށް ފޯރުކޮށްދެ އެވެ. ހަށިގަނޑަށް ބޭނުންވާ ފޮނި ރަހަ ލިބުމުން ބަނޑުގެ މައްސަލަތަކާއި ހަޖަމް ކުރުމުގެ މައްސަލަތަކުގެ އިިތުރުން ސެލް ތަކަށް ދިމާވާ މައްސަލަތަކަށް ހައްލު  ލިބެ އެވެ.

ހުތް ރަހަ:

ހުތް ގަދަ އެއްޗެހި ކެއުމުން ހަކަތަ ލިބި ފުއްޕާމޭގެ މައްސަލަތަކަށް ލުއި ލިބޭ --
ހުތް ގަދަ އެއްޗެހި ކެއުމުން ހަކަތަ ލިބި ފުއްޕާމޭގެ މައްސަލަތަކަށް ލުއި ލިބޭ —

ހުތް ރަހަ ގަދަ އެއްޗެހި ކޮންމެ ދުވަހެއްގެ ކާގަޑީގައި ހިމެނުމުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ވަރަށް އަވަހަށް ލިބެ އެވެ. އަދި ހާއްސަކޮށް  ފުރަ މޭ ވަރުގަދަކޮށްދީ ރައްކާތެރިކޮށްދެ އެވެ.

ކުޅި ރަހަ:

chilli-625_625x350_81459149397

ކުޅި ރަހަ އަކީ ހަށިގަނޑަށް މުހިންމު ރަހަ އެކެވެ. ކުޅި ރަހައިގެ ސަބަބުން ބޮޑުކަމުދާ ނިޒާމު ހަމަޖައްސައި ދެއެވެ. އަދި ފުއްޕާމޭގެ މައްސަލަތަކަށް ހައްލު ލިބޭއިރު ލެއަށްވެސް ކުޅި ރަހަ އަކީ މުހިންމު ރަހައެކެވެ.

 

 

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *