އެސްޓީއޯއިން ޔާހޫ މަކިޓާ ޕްރޮމޯޝަން ފަށައިފި

އެސްޓީއޯއިން ވިއްކާ މަކިޓާ ބްރޭންޑްގެ ޕަވަރ ޓޫލްސްއަށް ޚާއްޞަކޮށްގެން ”ޔާހޫ މަކިޓާ ޕްރޮމޯޝަން“  ފަށައިފިއެވެ.

މިއަދުން ފެށިގެން 31 އޮކްޓޯބަރ 2016  ގެ ނިއަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން އޮންނާނީ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގައެވެ.

މި ޕްރޮމޯޝަންގައި މަކިޓާގެ ޕަވަރ ޓޫލްސްތައް ވަރަށް ޚާއްޞަ އަގެއްގައި ލިބެން ހުންނަ އިރު، މަކިޓާއިން ކުރައްވާ -/500 (ފައްސަތޭކަ ރުފިޔާ) ގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ.

ވއަދި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި ދެފަރާތަކަށް ވަރަށް އަގުހުރި އިނާމްތަކެއްވެސް ލިބިގެންދާނެއެވެ. އޭގެތެރޭގައި ފިލިޕްސް ޓީވީ، މަކިޓާ ކޮމްބޯ ކިޓް ފަދަ ތަކެތި ލިބޭ އިރު، މިޕްރޮމޯޝަން ކުރިއަށްދާއިރު ބައްލަވައިގަންނަވާ މަކީޓާގެ ޕަވަރ ޓޫލްސްއަށް 1 އަހަރު ދުވަހުގެ ވޮރަންޓީވެސް ޕްރޮމޯޝަން މުއްދަތުގައި ކަސްޓަމަރުންނަށް ލިބޭނެއެވެ.

އެސްޓީއޯއިން އަންނަނީ މަކިޓާގެ ޕަވަރ ޓޫލްސްއަށް 6 މަސް ދުވަހުގެ ވޮރަންޓީ ދެމުންނެވެ. އެސްޓީއޯއަކީ މަކިޓާ ބްރޭންޑްގެ އޮތަރައިޒްޑް ޑިސްޓްރިއުބިއުޓަރއެވެ.

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *