ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމަށް ނަންތައް ފޮނުވުމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އާއި އަދާލަތު ޕާޓީއަށް ދަންނަވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީއަށް، ނަންތައް ފޮނުވުމަށް ދަންނަވާފައިމިވަނީ މިހާތަނަށް ނަންތައް ލިބިފައިނުވަނީ މި ދެ ޕާޓީން ކަމަށް ވާތީ ކަމަށެވެ.
މަޝްވަރާގައި ބައިވެރިވާނޭ ފަރާތްތަކުގެ ނަންތައް ފޮނުވައިދިނުމަށް ރައީސް އޮފީހުން ދަންނަވާފައިވާއިރު އެންމެފަހުން ސީމެގުން ނިންމެވި ނިންމެވުމާއެކު ޕާޓީތަކުގެ މަޝްވަރާތައް ފެށުމަށް އެމްޑީޕީ އިން ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.