ބޭންކް އޮފް މޯލްޑިވްސް އިން ދެމުން އަންނަ އޭޓީއެމް ގެ ޚިދުމަތާއި ޕީއޯއެސް ގެ ޚިދްމަތްތަށް ވަގުތީ ގޮތުން މެދުކެނޑުމަށް ފަހު އަލުން އެ ޚިދްމަތްތަށް ދޭން ފަށައިފިއެވެ.
ބީއެމްއެލް ގެ މީޑިއާ އޮފިޝަލް މުޙައްމަދު ސައީދު މިއަދު ’ދުވަސް‘ އަށް މަޢުލޫމާތު ދިން ގޮތުގައި، އޭޓީއެމް ގެ ޚިދްމަތްތަކާއި ޕީއޯއެސް ގެ ޚިދްމަތްތަށް މެދުކަނޑާލައިފާ ވަނީ ޓެކްނިކަލް މަސައްކަތެއް ކުރުމަށެވެ. ނަމަވެސް މިހާރު އެމައްސަލަ ވަނީ ޙައްލު ކުރެވިފައި ކަމަށާއި، މިހާރު ބީއެމްއެލް ގެ ހުރިހާ ކަސްޓަމަރަކުންނަށް ވެސް ބީއެމްއެލް އޭޓީއެމް ގެ ޚިދްމަތްތަކާއި ޕީއޯއެސް ގެ ޚިދްމަތްތަށް ލިބެމުން ދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެޚިދްމަތްތަށް މެދުކެނޑުނު ނަމަވެސް އިންޓަނެޓް ބޭންކިންގެ ހިދުމަތްތަށް އެވަގުތު ވެސް ބީއެމްއެލް އިން ލިބެމުން ދިޔައެވެ.