ބޮލީވުޑް ބަތަލާ ވިދްޔާ ބާލަން އަށް ޑެންގީ ހުން ޖެހި އެޑްމިޓް ކުރި ހަބަރަކީ މި މަސް ތެރޭގައި ބޮލީވުޑްގެ އެއްމެ ބޮޑު އެއް ހަބަރެވެ. މިމަހުގެ 15ގައި ޑެންގީ ހުންޖެހި ފަރުވާ ހޯދަން ފަށާފައިވާ ވިދްޔާ އަށް ޑޮކްޓަރު އިލްތިމާސް ކޮށްފައިވަނީ 20 ދުވަހު ބެޑް ރެސްޓް ކުރުމަށެވެ.
ބަލި އެނދުގައި އޮވެވެސް ވިދްޔާ އަންނަނީ ފިލްމީ ދާއިރާއިން ކުރެވެން އޮތް ކަމެއް ކުރަމުންނެވެ. އެގޮތުން މިހާރު އެ ބަތަލާ ކުރަމުން އަންނަ ކަމަކީ މަލަޔާލަމް ބަސް ދަސްކުރުން ކަމަށާއި އެކަމާ ވިދްޔާ އުޅެނީ ވަރަށް އަވަދިނެތި ކަމަށް ވިދްޔާގެ މީޑިއާ ޓީމާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައި ވެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވިދްޔާ މަލަޔާލަމް ބަސް ދަސް ކުރަމުން އަންނަނީ މަލަޔާލަމް ޅެންވެރިއެއްގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމަކަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެގޮތުން އޭނާއަށް މަލަޔާލަމް ބަސް ދަސްކޮށްދެނީ މަލަޔާލީ ތަރިއެއް ކަމަށްވާ ސްރީދަންޔާ އެވެ.