އެއާޕޯޓު ކަރަންޓަށް ދިމާވި މައްސަލަ މިހާރު ވަނީ ހައްލުކޮށްފައި -- ފޮޓޯ: ހައްޖު ކޯޕަރޭޝަން
އެއާޕޯޓު ކަރަންޓަށް ދިމާވި މައްސަލަ މިހާރު ވަނީ ހައްލުކޮށްފައި -- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ދިވެހި ހުރިހާ ހައްޖާޖީން އެނބުރި އަތުވެއްޖެ

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ހުރިހާ ދިވެހިން އެންބުރި ރާއްޖެ އަތުވެއްޖެ އެވެ.

މިއަހަރު ރާއްޖެއިން 2000 މީހުން ހައްޖަށް ދިޔަ އެވެ. ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެންމެ ފަހު ގްރޫޕު ރާއްޖެ އައީ މިއަދު ހެނދުނު އެވެ. އެއީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ގްރޫޕެކެވެ.

މިއަހަރު ރާއްޖެ އިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ތިން މީހަކު ވަނީ ނިޔާވެފައި އެވެ. އޭގެ ތެރެއިން އެކަކު ނިޔާވެފައިވަނީ ކޯމާއެއްގައި އޮވެ އެވެ.

މިއަހަރު ހައްޖަށް ރާއްޖެއިން މީހުން ގެންދިޔައީ ސައުދީ ގައުމީ އެއާ ލައިނާއި މެގަ މޯލްޑިވްސްގެ ފްލައިޓުތަކުގައި އެވެ. މެގަ މޯލްޑިވްސްގެ ހަވާލުގައި 603 މީހުން ގެންގޮސްފައިވާ އިރު ބާކީ ތިބި މީހުން އުފުލާފައިވަނީ ސައުދީ އެއާލައިނުންނެވެ.

ހައްޖަށް ދިޔަ މީހުން އަންނަން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ހައްޖަށް ދިޔަ މީހުންގެ ތެރެއިން 1000 މީހުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ އިރު އަނެއް 1000 މީހުން ދިޔައީ އަމިއްލަ ޖަމާއަތްތަކުގެ ހަވާލުގައި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *