ބީއެމްއެލްގެ ސީއީއޯ ގެސްޓް ހައުސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ސީއީއޯ ގެސްޓް ހައުސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ބީއެމްއެލް

ގެސްޓް ހައުސްތަކުގެ އަމާޒުގައި ބީއެމްއެލްގެ ބައިވެރިވުން އޮންނާނެ

ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކުގެ ސިނާއަތުގެ އަމާޒަށް ވާސިލް ވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ގެސްޓް ހައުސް ސިނާއަތުގެ އަމާޒަކީ 2020 ވަނަ އަހަރާއި ހަމައަށް އަންނަ އިރު ކޮންމެ އަހަރަކު ފަސް ލައްކަ ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. މިކަން އިއުލާނު ކޮށްފައިވަނީ މިއަދު ފެށުނު ބީއެމްއެލް ގެސްޓް ހައުސް ކޮންފަރެންސްގައި އެވެ.

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ  އެންޑްރޫ ހީލީ ވިދާޅުވީ އެ އަމާޒަށް ވާސިލްވުމަށް އެހީވުމުގެ ގޮތުން ބީއެމްއެލް މެދުވެރިކޮށް  ދެވޭ ހުރިހާ ހިދުމަތެއް އެ ސިނާއަތުގައި މަސައްކަތް ކުރާ  ފަރާތްތަކަށް ދެވޭނެ ކަމަށެވެ. އެގޮތުން މިހާތަނަށް ގެސްޓް ހައުސް ސިނާއަތުގެ އެކި މަޝްރޫއަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އެންޑްރޫ ވިދާޅުވީ މާލީ އެހީތެރިކަމާއި ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ހިދުމަތުގެ އިތުރުން ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ގެސްޓް ހައުސް ސިނާއަތުގައި ދެމުންދާ ކަމަށެވެ. އަދި ބޭންކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ބްރާންޗްތަކާއި، އޭޓީއެމް، ސެލްފް ސާވިސް ބޭންކިންގ ސެންޓަރު، ޕޮއިންޓް އޮފް ސޭލް ކާޑު މެޝިން އަދި ކޭޝް އެޖެންޓް ޚިދުމަތުގެ ބޭނުން މި ސިނާއަތަށް ފުރިހަމައަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ފެށި ގެސްޓް ހައުސް ކޮންފަރެންސްގައި  150 ށް ވުރެ ގިނަ ގެސްޓްހައުސް ވިޔަފާރިވެރިންނާއި މެނޭޖްކުރާ ފަރާތްތަކާއި ޓުއަރ އޮފަރޭޓަރުންނާއި ހޮޓެލް ސަޕްލަޔަރުން ބައިވެރިވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *