އައްޑޫ ސިޓީ -- ފޮޓޯ: ފޭސްބުކް
އައްޑޫ ސިޓީ -- ފޮޓޯ: ފޭސްބުކް

އައްޑޫ ސިޓީގައި މާރާމާރީ ހިންގާ ފަސް މީހަކު ޒަހަމްކޮށްލައިފި

އައްޑޫ ސިޓީގައި މިރޭ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ފަސް މީހަކު ޒަހަމްކޮށްލައިފި އެވެ.

މި މާރާމާރީ ހިންގާފައިވާ މިރޭ ގާތްގަނޑަކަށް 10:45 ހާއިރު އެވެ. ފުލުހުން ބުނީ މާރާމާރީގައި ޒަހަމްވި މީހުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް  ގެންގޮސް ފަރުވާދެމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީގައި  ޒަަހަމްވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ބުރަކަށްޓަށް ވަޅިން ހަމަލާން ދޭން މަސައްކަތް ކުރުމުގެ ސަބަބުން އަނިޔާވެފައިވާ އިރު ބައެއް މީހުންގެ އަތުގެ ތަންތަނުގައި ވަޅި އެޅިފައި ހުރި ކަމަށް ވެ އެވެ.

ފުލުހުން ބުނީ މި މާރާމާރީއާއި ގުޅިގެން ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *