މަލިކު ގޮނޑުދޮށުގެ މަންޒަރެއް - ފޮޓޯ: އަންޑަރ ވޯޓާ ޓްރެވެލް އެންޑް ޓުއާރސް
މަލިކު ގޮނޑުދޮށުގެ މަންޒަރެއް - ފޮޓޯ: އަންޑަރ ވޯޓާ ޓްރެވެލް އެންޑް ޓުއާރސް

ރާއްޖެއިން މަލިކަށް ލޯންޗުގައި ދަތުރު ކުރެވޭނެގޮތް ހަދަނީ

ކުރިން ރާއްޖޭގެ އަތޮޅެއްގެ ގޮތުގައިވާ މަލިކަށް، ލޯންޗުގައި ދަތުރު ކުރުމުގެ ހުއްދަ ހޯދާދިނުމަށް އަންޑަރ ވޯޓާ ޓްރެވެލް އެންޑް ޓުއާރސްއިން މަސައްކަތް ކުރަމުން އެބަ ގެންދެއެވެ.

އަންޑަރ ވޯޓާ ޓްރެވެލް އެންޑް ޓުއާސް އަކީ މިހާރުވެސް ދިވެހިން މަލިކުގައި ހޭދަކުރާ ދުވަސްތަކުގައި ދަތުރުކުރުމުގައްޔާއި ތިބުމުގައި އެހީތެރިކަން ފޯރުކޮށް ދޭ އަމިއްލަ ކުންފުންޏެކެވެ. ރާއްޖެއިން މަލިކަށް ލޯންޗުގައި ދަތުރުކުރެވޭނެ ގޮތް ހަދާދިނުމަށް، އެކަމަށް ހުއްދަ ހޯދުމާއި ބެހޭގޮތުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު އިމްތިޔާޒު ވިދާޅުވީ އިންޑިއާ ސަރުކާރުން އެކަމަށް ފެހި ސިގުނަލެއް ދީފައިވާ ކަމަށާއި އަދި ދިވެހި ސަރުކާރާ ވެސް އެކަމާއި މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ.

ރާއްޖެއިން މަލިކަށް މިހާރު ދެވެނީ އެންމެ ފުރަތަމަ އިންޑިއާ ގެ ކޮޗިން އަށް ގޮސް ކަނޑު މަގުންނެވެ. މަލިކަށް ސީދާ ލޯންޗުގައި ދަތުރު ކުރެވޭނެ ގޮތް ހަމަޖެހިއްޖެ ނަމަ މަލިކަށް ދިޔުމަށް ކުރަންޖެހޭ ދަތުރު ލުއިފަސޭހަ ވެގެން ދާނެ ކަމަށް ވެސް އިމްތިޔާޒް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބައެއް ދަރިވަރުންތަކަކާއި ދިވެހި ބަހުގެ އެކެޑެމީގެ ގްރޫޕަކުންވަނީ ދާދި ފަހުން އަންޑަރ ވޯޓާ ޓްރެވެލް އެންޑް ޓުއާރސް ގެ އެހީގައި މަލިކަށް ގޮސްފައެވެ. އެފަރާތްތަކަށް ހުރުމާއި އެހެނިހެން އިންތިޒާމްތަށް ވެސް ހަމަޖައްސާދީފައިވަނީ އެކުންފުނީގެ ފަރާތުން ނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *