އުމުރުން ދުވަސްވީ ރަސްދޫ މީހަކު މާލެއިން ގެއްލިގެން ހޯދަން ފަށައިފި އެވެ.
މިކަމުގެ މާބޮޑު ތަފްސީލެއް އަދި އެ ރަށުގެ ކައުންސިލަށްވެސް އެނގިފައެއް ނުވެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ރަސްދޫ ކައުންސިލްގެ ރައީސް އަބްދުލްޖަލީލް މޫސާ ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި ނަމަވެސް ކަމަކީ މާލޭގައި ހިނގައިގެން އުޅޭ ކަމެއް ކަމުން އަދި މާ ބޮޑު ތަފްސީލެއް ނުލިބޭ ކަމަށެވެ. ނަމަވެސް ތަފްސީލް ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ގެއްލިގެން ހޯދަމުން އަންނަ އާއިލާގެ މެމްބަރެއްގެ ފޯނަށް ގުޅުމުން އާއިލާ މެމްމަބަރަކު އިއްޔެއްސުރެ ވީނުވީތަނެއް ނޭނގުމުން ހޯދަމުން އަންނަކަން ކަށަވަރު ކޮށްދިނެވެ. ނަމަވެސް އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 48 އަހަރުގެ ފިރިހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލެއިން ރަސްދޫ މީހަކު ގެއްލިގެން ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހާޅާފައިވާކަމަށެވެ. އަދި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.