ޓްވިޓާ އެކައުންޓެއް ރިމޫވް ކޮށްދިނުމަށް ދިވެހި ސަރުކާރުން މި އަހަރު އެދުނު: ޓްވިޓާ ޓްރާންޕޭރެންސީ

ޓްވިޓާއިން ކޮންމެ އަހަރަކު އާއްމު ކުރަމުން އަންނަ ޓްރާސްޕޭރެންސީ ރިޕޯޓްތަކަށް ބަލާއިރު ދިވެހި ސަރުކާރުން މި އަހަރުގެ ޖެނުއަރީ އިން ފެށިގެން ޖޫން މަހާއި ހަމައަށް ރިމޫވްކޮށްދިނުމަށް އެދިފައިވަނީ އެއްމެ އެކައުންޓެއްކަން ހާމަވެއްޖެ އެވެ.

މިކަން ހާމަވެފައިވަނީ ޓްވިޓާއިން ކޮއްމެ އަހަރަކު ދެ ފަހަރު އާއްމު ކުރަމުން އަންނަ ޓްވިޓާ ޓްރާސްޕޭރެންސީ ރިޕޯޓުންނެވެ. އެ ރިޕޯޓްގައި ޓްވިޓާ އެކައުންޓްގެ މައުލޫމާތު ހޯދަން އެކި ގައުމުތަކުގެ ސަރުކާރުން އެދޭ މިންވަރާއި އެކައުންޓްތައް ރިމޫވް ކޮށްދިނުމަށް ސަރުކާރުން އެދޭ މިންވަރާއި އަދި ކޮޕީރައިޓްސް ނޯޓިސް ރިޕޯޓް މައުލޫމާތު އާއްމު ކުރެ އެވެ.

ޓްވިޓާއިން ހާމަކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކައުންޓް ރިމޫވް ރިކުއެސްޓް އެއްމެ ގިނައިން ކޮށްފައިވަނީ ތުރުކީންނެވެ. އެއީ 1781 ރިކުއެސްޓެވެ. އަވަށްޓެރި އިންޑިއާއިން 43 ރިކުއެސްޓެއް ކޮށްފައިވާއިރު ރާއްޖެއިން މިފަދަ ރިކުއެސްޓެއް ޓްވިޓާގައި ކުރި މިއީ ދެވަނަ ފަހަރުކަން ޓްވިޓާގެ ޓްރާންސްޕޭރެންސީ ރިޕޯޓްގައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *