ފުވައްމުލައް ސިޓީގައި އޮތް ހާލު ދެރަ ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި

ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި އޮތް ހާލުދެރަ ބަލިމީހަކު އިތުރު ފަރުވާއަށް އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ.

ރޭ 19:50 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ”އެމްއެންޑީއެފް ކުރަނގި“ ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 89 އަހަރުގެ އަންހެނެކެވެ. މިބަލިމީހާ މާލެ ގެނެސްދީފައި ވަނީ ނޭވާލާން އުނދަގޫވެ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރު ލަފާދެއްވުމާއި ގުޅިގެންވެ.

xzzxzzzzz

މިބަލިމީހާ މާލެ ގެނެސް މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *